ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ރަށެއްގައި ކަސްރަތުކުރުމާއި، ހިތްހަމަޖައްސާލުމާއި އަދި އިޖުތިމާއީ ހަރަކާތްތަކަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމުގެ މަގުސަދުގައި، އިންޑިއާގެ ޗެންނާއީގެ އޮފިޝަލުން އެ ސަރަހައްދުގެ ފުރަތަމަ އަންހެނުންނަށް ހާއްސަ، ޕިންކް ޕާކް ހަދަން ފަށައިފިއެވެ.
މި ޕާކު ހެދުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 18،000 އަކަފޫޓުގެ ބިމެއްގައެވެ. މި ކަމަށް 150،000 އެމެރިކާ ޑޮލަރު ކަނޑައެޅިފައި ގެއެވެ.
ޢަދި މަސައްކަތް ނިންމަން ހަތަރު މަސްދުވަސް ދީފައި ވެ އެވެ.
މި ޕާކުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އަންހެނުންނަށް ހާއްސަ ޖިމެއް، އޯޕަން އެއާ ކަސްރަތު ސާމާނު، ހިނގާ ޓްރެކްތައް، އިށީންނާނެ ތަންތަން، އުމުރުން ދުވަސްވީ އަންހެނުންނަށް ހާއްސަ ޖާގަތައް، އަދި ފުރޮޅުލީ ގޮނޑި ބޭނުންކުރާ ފަރާތްތަކާއި، ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ކުދިންނާއި އޯޓިޒަމް ހުންނަ ކުދިންނަށްވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ކުޑަކުދިންގެ ކުޅޭ ސާމާނު ހިމެނެއެވެ.
މި ޕާކު 24 ގަޑިއިރު މޮނިޓަރ ކުރާނީ ސިޓީގެ އިންޓަގްރޭޓަޑް ކޮމާންޑް ސެންޓަރާ ގުޅިފައިވާ ސީސީޓީވީ ކެމެރާތަކުންނެވެ.
މި އިސްނެގުމަކީ ޗީފް މިނިސްޓަރުގެ ބެލުމުގެ ދަށުން، ތަމިލްނާޑޫގައި އަންހެނުންގެ ހަރަކާތްތެރިކަމާއި އާންމު ވަސީލަތްތައް ލިބުމުގެ ފުރުސަތު އިތުރުކުރުމަށް ކުރިއަށްގެންދާ ފުޅާ މަސައްކަތްތަކުގެ ބައެކެވެ. މި އަހަރުގެ ކުރީކޮޅު، އެ ސްޓޭޓުން ވަނީ ވަކި ރޫޓުތަކެއްގައި އަންހެނުންނަށް އެކަނި ދަތުރުކުރެވޭ ފިޔާތޮށި ބަސްތައް ތައާރަފްކޮށް، ދަރިވަރުންނާއި ވަޒީފާ އަދާކުރާ އަންހެނުން ހިމެނޭ ގޮތަށް، އަންހެން ކޮންޑަކްޓަރުން ހިންގާ ބަސްތަކުގައި ހިލޭ ދަތުރުކުރުމުގެ ފުރުސަތު ދީފައެވެ.
ޗެންނާއީގެ އާންމު ޕާކުތައް ބޭނުންކުރުމުގައި ޖިންސުގެ ގޮތުން ބޮޑެތި ތަފާތުތަކެއް ހުރިކަން ދިރާސާތަކުން ދައްކައެވެ. ސާވޭތަކުން ދައްކާ ގޮތުގައި އަންހެނުން ގިނައިން ޕާކުތަކަށް ޒިޔާރަތްކުރަނީ ގޭތެރޭގެ މަސައްކަތްތައް ނިންމުމަށްފަހު ހަވީރުގެ ވަގުތުތަކުގައެވެ. އަދި ސަލާމަތީ ކަންކަމާއި ވަސީލަތްތައް ހުރި ގޮތް އެގަޑި ހުރަހަކަށްވާ ކަމަށް ގިނަ ފަހަރަށް ފާހަގަކުރެއެވެ.





