trum
trum

އެޕްސްޓީން އިޒްރޭލަށް ޖާސޫސްކޮށްދިން: އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް

ޖިންސީ ކުށްތަކުގެ ތުހުމަތުތަކެއްގައި ޖަލުގައި ހުއްޓާ މަރާލި ޖެފްރީ އެޕްސްޓީންއާއި އިސްރާއީލުގެ ޖާސޫސީ އިދާރާތަކާއި އަޑީ ދައުލަތަށް އަދި އެމެރިކާގެ އެންމެ މަތީ ފަންތީގެ ޖާސޫސުންނާ ގުޅުން އޮތް ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އެޕްސްޓީންގެ މައްސަލައިގައި ޓްރަމްޕް ސަރުކާރުން ކަންތައްތައް ބެލެހެއްޓި ގޮތް ގޯސް ކަމަށް ވެސް އޭނާ ވަނީ އެއްބަސްވެވަޑައިގަންނަވާފައެވެ.

މިދިޔަ ބުދަ ދުވަހު އާންމުކުރި ޖޯ ރޯގަންގެ ޕޮޑްކާސްޓް އެޕިސޯޑެއްގައި ވާހަކަދައްކަވަމުން ވެންސް ވިދާޅުވީ، އެޕްސްޓީންއަކީ އިސްރާއީލުގެ މޮސާޑް، އެމެރިކާގެ ސީއައިއޭ ނުވަތަ އެހެން ގައުމެއްގެ އިންޓެލިޖެންސް އިދާރާއަކާ އެކ ސީދާ ގުޅުންތަކެއް އޮތް މީހެއްކަން ޔަގީންވާ ކަމަށެވެ.

ވެންސް ފާހަގަކުރެއްވި ގޮތުގައި އެޕްސްޓީންގެ ގުޅުންތައް ބޮޑަށް ހުރީ އިސްރާއީލުގެ ސިޔާސީ މައިދާނުގެ ނަތަންޔާހޫގެ ވާތުފިޔައަށް ނިސްބަތްވާ ފަރާތްތަކާއެވެ. އަދި އެމެރިކާގައި ރިޕަބްލިކަން އަދި ޑިމޮކްރެޓްސް ހިމެނޭހެން ސިޔާސީ އަދި މުއްސަނދި ފަންތީގެ ގިނަ ބަޔަކާ އޭނާގެ ގުޅުން އޮތެވެ.

އެޕްޓީންއަކީ އޭނާގެ ޖަޒީރާއަށް އުމުރު ހަމަނުވާ އަންހެން ކުދިންގެންގޮސްގެން މުއްސަނދިންނާއި ބޮޑެތި މީހުންނަށް ކަސްބީ މަސައްކަތް ކޯށްދިން ދައްލާލެލެވެ. އޭނާއާއެކު ޓްރަމްޕް ނަގާފައިވާ ގިނަ ފޮޓޯތަކެއްވެސް މީސްމީޑިއާގައި ފަތުރާފައި ވެއެވެ.

އެޕްސްޓީންގެ ފައިލްތައް އާންމުކުރުމުގައި ސަރުކާރުން ބޮޑެތި ގޯސްތަކެއް ހެދިފައިވާ ކަމަށް ވެންސް އިއުތިރާފުވެވަޑައިގަތެވެ. އަދި އޭނާ ގަބޫލުކުރައްވާ ގޮތުގައި ހުރިހާ ލިޔެކިޔުންތަކެއް ކުރީކޮޅު އެއްކޮށް އާންމުކުރަންޖެހެއެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިދިޔަ ޖެނުއަރީ މަހު ވަނީ 3 މިލިއަނަށްވުރެ ގިނަ ސަފުހާގެ ލިޔެކިޔުންތަކާއި، 2،000 ވީޑިއޯ އަދި 180،000 ފޮޓޯ "އެޕްސްޓީން ފައިލްސް ޓްރާންސްޕޭރެންސީ އެކްޓް" ގެ ދަށުން އާންމުކޮށްފައެވެ.

ޖެފްރީ އެޕްސްޓީން މަރާލާފައި އޮއްވާ ފެނުނީ 2019 ވަނަ އަހަރު، ޖިންސީ ވަގުފާރީގެ ތުހުމަތުގައި ޝަރީއަތް ހިނގަމުން ދަނިކޮށް ނިއު ޔޯކްގެ ޖަލު ގޮޅިއެއްގެ ތެރޭގައެވެ.

ހިއްސާ ކުރައްވާ!