އަބަހައްދަ ޖޯގެ "ޕްރޮމިސް މީ، އެމެރިކާ" ނެރެނީ

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ހަޔާތުގެ ހާދިސާތައް ހިމެނޭ ފޮތް "ޕްރޮމިސް މީ، އެމެރިކާ" (އެމެރިކާއޭ، އަހަންނަށް ވައުދުވޭ) ނެރުމަށް ތައްޔާރުވެއްޖެއެވެ. މި ފޮތުގެ ނަމަކީ ގިނަ ބަޔަކަށް ފަރިތަ ނަމަކަށް ވާނެއެވެ.

މި ފޮތުގެ ނަން ނިސްބަތްވަނީ ބައިޑަން މީގެ ކުރިން ނެރުއްވި، އަދި އެންމެ ގިނައިން ވިކުނު އެއް ފޮތް ކަމަށްވާ "ޕްރޮމިސް މީ، ޑޭޑް" (ބައްޕާއޭ، ވައުދުވޭ) އަށެވެ. އެ ފޮތަކީ ބައިޑަންގެ ދޮށީ ފިރިހެން ދަރިފުޅު ބިއު ބައިޑަން ސިކުނޑީގެ ކެންސަރު ބަލީގައި މަރުވުމުގެ ކުރިން އޭނާގެ ބައްޕަގެ ކިބައިން އާއިލާއާއިގެން ކުރިއަށްދާނެ ކަމަށްީ ވީ ވައުދުގެ މައްޗަށް ލިޔެފައިވާ ފޮތެކެވެ. ނަމަވެސް އާ ފޮތުގައި ބައިޑަން ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ އޭނާގެ ރައީސްކަމުގެ ދައުރަށާއި، 2024 ވަނަ އަހަރުގެ ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމަށް ނިންމެވި ނިންމެވުމަށެވެ.

ބައިޑަން ބުދަ ދުވަހު ވީޑިއޯއެއް މެދުވެރިކޮށް މި ފޮތް އިއުލާން ކުރައްވަމުން ވިދާޅުވީ، މިއީ ވައިޓް ހައުސްގައި އޭނާ ކުރިމަތިލައްވަން ޖެހުނު ގޮންޖެހުންތަކާއި، އޭނާގެ ސަރުކާރުން ނިންމި މުހިންމު ނިންމުންތަކުގެ މައްޗަށް އެކުލެވޭ ފޮތެއް ކަމަށެވެ. މި ފޮތް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 17، 2026 ގައެވެ.

ބައިޑަންއަކީ މިހަރު ވަރަށް މުސްކުޅި މީހެކެވެ. އޭނާ ރިއާސީ ރޭސް ދޫކޮށްލަން ޖެހުނީ އޭނާއަށް އޭނާއަށް ތަންދޮރު އޮޅުން ނުފިލާތީ އެމެރިކާ މީހުން އޭނާއަށް އަބަހައްދަ ޖޯއޭ ކިޔަން ފެށުމުންނެވެ.

މި ބައިޑަންއަކީ ވަރުގަދަ ސަހުޔޫނީއެއް ކަމަށް ކޮންގްރެސްގައި އުޅުނު އިރު އިއުލާން ކޮށް ޔަހޫދީންގެ ފައިސާއިން އުމުރު ދުވަހަށް ކެމްޕޭން ކޮށް އުޅުނު އިންތިޚާބުތައް ކާމިޔާބު ކުރި މީހެކެވެ.

އޭނާގެ އެންމެ މަޝްހޫރު ބަހަކީ: "އިސްރޭލެއް މެދު އިރުމަތީގައި ވުޖޫދު ނުވާނަމަ އަހަރަ،ެން އިޒްރޭލެއް އުފެއްދީމުސް" މިއެވެ!

އަބަހައްދަ ޖޯއަކީ ޔަހޫދީން ހިންގި ފަލަސްޠީނުގެ ގަތުލުއާންމުގައި ހިމޭނުން ހުރެ އެކަމަށް ވާގިވެރިވި ސަހުޔޫނީ އެކެވެ.

އަބަހައްދަ ޖޯގެ ފޮތުގައި ހިމެނޭނެ މުހިންމު ބައިތައް:

  • ކޮވިޑް-19 ގެ ބަލިމަޑުކަމާއި އިގްތިސާދު ކޮޅަށް ޖެހުމަށް ކުރި މަސައްކަތް.
  • ޖެނުއަރީ 6 ގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލިސ ްޓްރަމްޕްގެ އަމުރަށް ހިސާރުކުރި ހާދިސާ.
  • އަފްޣާނިސްތާނުން ސިފައިން ބޭލުމާއި، ޔޫކްރެއިން ހަނގުރާމައިގެ ނިންމުންތައް.
  • 2024 ގެ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލާން ނިންމެވި ސަބަބާއި، ފަހުން ޕާޓީގެ ފިއްތުންތަކާ ހުރެ ރޭހުން ވަކިވެވަޑައިގަތް ސަބަބު.

މިއީ ބައިޑަންގެ ހަޔާތުގެ ފޮތްތަކުގައި "ވައުދު" މި ލަފުޒު ބޭނުންކުރެއްވި ތިންވަނަ ފަހަރެވެ. މީގެ ކުރިން 2007 ގައި "ޕްރޮމިސަސް ޓު ކީޕް" އަދި 2017 ގައި "ޕްރޮމިސް މީ، ޑޭޑް" ވަނީ ނެރެފައެވެ.

މި ފޮތް ނެރޭ ތާރީޚާ މެދު ސިޔާސީ ބައެއް ފަރާތްތަކުގެ ފާޑުކިއުންތައް ހުރިއިރު، ބައެއް ސަޕޯޓަރުން ބުނާގޮތުގައި މިއީ ބައިޑަންގެ ސިޔާސީ ލެގަސީ ނުވަތަ ތާރީޚު ރައްކާތެރިކުރުމަށް އެޅުއްވި ވަރަށް ހިކުމަތްތެރި ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!