އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެ ޖެނސައިޑް ޖަރީމާތައް ދިފާއުކުރައްވައި ވާހަކަދައްކަވާފައެވެ. އަދި ނަތަންޔާހޫ އެމެރިކާގައި ހުންނަވާ އެއްވެސް އިރެއްގައި، ނުވަތަ އެއްވެސް ސިފައެއްގައި ހައްޔަރު ނުކުރެވޭނެ ކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވިއެވެ.
ޓްރަމްޕް އޭނާގެ "ޓްރޫތު ސޯޝަލް" އެކައުންޓުގައި ލިޔުއްވާފައިވާ ގޮތުގައި، ނަތަންޔާހޫ ހަނގުރާމަކުރައްވަމުން އެގެންދަވަނީ އީރާނާ ދެކޮޅަށެވެ. އަދި އީރާނަކީ ފަހަކަށް އައިސް ކުށެއްނެތް 52,000 މުޒާހަރާވެރިން މަރާލާފައިވާ، އަދި ވޭތުވެދިޔަ 47 އަހަރު ދުވަހު އެމެރިކާގެ ސިފައިންނާއި އެހެން މީހުން މަރަމުންދާ ގައުމެއް ކަމަށް އެމެރިކާގެ ރައީސް ތުހުމަތުކުރެއްވިއެވެ.
ޓްރަމްޕް އެ ވާހަކަ ދެއްކި އިރު ބޯ ބުރާންޗެއްތޯ މީހުން ސުވާލު ކުރާނެއެވެ. އީރާނާ އޭނާ އަޅާ އެ ކިޔާނީ ޖެނޮސައިޑެއްގާ ލައްކަ މީހުން މަރައި ނަސްލު ނައްތާލި ނަތަންޔާހޫ ގެ ވާހަކައެވެ.
މިއީ އަރަބިންގެ ހީރޯ ޓްރަމްޕްގެ ހާލެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، ހައްޔަރުކޮށް ޖަވާބުދާރީ ކުރުވަންޖެހޭ ހަމައެކަނި ބަޔަކީ "މަރުގެއާއި ހަލާކުގެ މިފަދަ ނުބައި ދާއިރާއެއްގެ ތެރެއަށް އީރާނު ވައްދާލި މީހުން" ކަމަށެވެ. އަދި މި މައްސަލައަކީ މީގެ އެތައް އަހަރެއް ކުރިން، ކުރީގެ ރައީސުން ހައްލުކުރައްވަން ޖެހިވަޑައިގެންފައިވާ މައްސަލައެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޓްރަމްޕް ވަނީ އަންހެނުން ރޭޕް ކުރާ މީހުންނާ ޕޯން ސްޓާރުން ރޭޕްކޮށް ރިޝްވަތު ދޭ މީހުންގެ ވާހަކަ ދައްކަން ޖެހިލުންވެފައެވެ.







