އެމެރިކާއިން އިސްނަގައިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ސޮލީބީ ހަނގުރާމަވެރި ހަމަލާތަކުގެ ސަބަބުން، އެމެރިކާގެ ތެލުގެ ބާޒާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެއެވެ. ހޯމަ ދުވަހު އެމެރިކާގެ ޕެޓްރޯލް ސްޓޭޝަންތަކުގައި ގެލަނެއްގެ އަގު 4 ޑޮލަރުން މައްޗަށް ގޮސްފައިވާއިރު، މިއީ އެމެރިކާގެ ޒިންމާދާރުކަން ކުޑަ ޓެރަރިސްޓް ފިޔަވަޅުތަކުގެ ނަތީޖާއެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިގެ އެންމެ މުހިންމު މަގުކަމަށްވާ ހުރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނާ ދެކޮޅަށް ދިން ސޮލީބީޯ ސަހުޔޫނީ ޙަމަލާތަކަށްފަހު، އެމެރިކާގައި ތެލުގެ އަގު ވަނީ 30% އަށްވުރެ ބޮޑުތަނުން އުފުލިފައެވެ.
އެމެރިކަން އޮޓޯމޮބައިލް އެސޯސިއޭޝަން އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހޯމަ ދުވަހު ޕެޓްރޯލް ގެލަން ފުޅިއެއްގެ އެވްރެޖް އަގު ހުރީ 4.0030 ޑޮލަރުގައެވެ.
އީރާނުން އަބަދުވެސް ގޮވާލަމުން އަންނަނީ ސަރަހައްދީ ހަމަޖެހުމާއި، ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުމަށެވެ. ނަމަވެސް އެމެރިކާގެ ހަނގުރާމަވެރި ވިސްނުމުގެ ސަބަބުން އޭގެ ހިތި ނަތީޖާ އެންމެ ފުރަތަމަ ތަހައްމަލު ކުރަން ޖެހިފައިވަނީ ހުދު އެމެރިކާގެ ރައްޔިތުންނަށެވެ.






