ވޯލްޑް ކަޕް ފައިނަލްގެ ކުރިން މޮޅުވާ ޓީމާ ބެހޭ ގޮތުން އެހުމުން ޓްރަމްޕް ބުނީ މެސީ ބަލިކޮށެއް ނުލެވޭނެ ކަމަށެވެ. އަދި އާޖެންޓީނާގެ ޒަޔަނިސްޓް ރައީސަކީ އެނާގެ ދޯސްތެއް ކަމަށެވެ.
ނިއު ޖާޒީގައި އާދީއްތަ ދުވަހު ބޭއްވި 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ވީއައިޕީ ސްޓޭންޑުން ފެނިގެންދިޔައީ ހައިރާންކުރުވަނިވި މަންޒަރެކެވެ. ދެ އަހަރު ދުވަހުގެ ފިނި ހަނގުރާމައަކަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ފުރަތަމަ ފަހަރަށް އެކުގައި ފެނު ނެެވެ. ސަންޗޭސް ޓްރަމްޕާ އިސްވެ ސަލާން ކުރެއްވިއެވެ. ޓްރަމްޕް ހުރީ ރާޑީވެފައެވެ.
މީގެ މަހެއްހާ ދުވަސް ކުރިން އަންކާރާގައި ބޭއްވި ސަމިޓުގައި، ސްޕެއިނަކީ "އުންމީދެއް ނެތް ގައުމެއް" ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ސްޕެއިންއަށް މަލާމާތް ކޮށްފައެވެ. ނަމަވެސް، ސްޕެއިނުން އެމެރިކާގެ ޖެއްސުންތަކަށް ބޯނުލެނބުމަށް ދެކޮޅު ހެދުމުން ޓްރަމްޕަށް މަޖުބޫރުވީ މައިތިރި ވާށެވެ.
މިއީ އާންމުކޮށް ބުލީ ކުރުމަށް މަޝްހޫރު ޓްރަމްޕާ ކުރިމަތި ލުމުން އޭނާއަށް ވާގޮތެކެވެ.
ޣައްޒާގެ މައްސަލައިގައި ޓްރަމްޕް އިޒްރޭލުގެ ޖެނޮސައިޑް ދިފާއުކުރާއިރު، ސްޕެއިނުން އެއީ "ޖެނޮސައިޑް ޖަރީމާއެއް" ކަމަށް ބުނެއެވެ. ޓްރަމްޕް ދެކެނީ އެއީ އޭނާގެ މޫނުމަތީގައި ތަފާއްޔެއް ޖެހުން ފަދަ ކަމެއްގެ ގޮތުގައެވެ.
ފައިނަލް މެޗު ބެއްލެވުމަށް ސްޕެއިންގެ ރަސްގެފާނާއި ރާނީގެ އިތުރުން ގިނަ ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެކަމަކު، ޓްރަމްޕްގެ އެންމެ ގާތް "އެކުވެރިޔާ" ކަމަށް ބުނާ އާޖެންޓީނާގެ ރައީސް ހަވިއޭ މިލޭއަށް މި ފައިނަލަށް އަންނަން ނުކެރުނެވެ.







