އެމެރިކާގެ އަސްކަރީ ބާރުތައް މެދުއިރުމަތީގެ ސަރަހައްދުގައި އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އާދިއްތަ ދުވަހު އެމެރިކާގެ މަތިންދާބޯޓު އުފުލާ ތިންވަނަ މަނަވަރު ކަމަށްވާ "ޔޫއެސްއެސް ތިއޮޑޯ ރޫޒްވެލްޓް" މެދުއިރުމަތީގެ ސަރަހޖައްދަށް އައިސްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ނޭޝަނަލް ނިއުސްގެ ނޫސްވެރިޔާ ބަރަކް ރާވިޑް ހާމަކުރެއްވި ގޮތުގައި، މިސިފައިން ފޮނުވުމުގެ މަސައްކަތް ހިނގާފައިވަނީ ސަރަޙައްދުގައި އަލުން ހަނގުރާމައެއް ކުރުމަށް އުޅޭކަމުގެ ވާހަކަތައް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އާދިއްތަ ދުވަހު އީރާނުން ވަނީ އެމެރިކާގެ އެކުވެރި ޤައުމެއް ކަމަށްވާ ބަޙްރެއިނަށް ޑްރޯން ހަމަލާތަކެއް ދިން ކަމަށް ބުނެފައެވެ. މި ހަމަލާތަކުގެ ސަބަބުން، ހަނގުރާމައިގެ ތެރޭގައި މީގެ ކުރިން ފިނިވެފައި އޮތް މަސްރަހު އަނެއްކާވެސް ނުތަނަވަސްކަމަކަށް ވެއްޓިފައިވެއެވެ.
މީގެ ކުރިން ހުކުރު ދުވަހުވެސް އީރާނުން ވަނީ ބަޙްރެއިނަށް ޑްރޯންތަކެއް ފޮނުވާފައެވެ. މިއީ ފެބްރުއަރީ މަހު އެމެރިކާއާއި ޔަހޫދީން ފެށި މި ހަނގުރާމައިގައި، ހަކަތައިގެ މުއްސަނދިކަން ލިބިފައިވާ ސަރަޙައްދުގެ ޤައުމުތަކަށް ސެޕްޓެމްބަރު މަހުން ފެށިގެން ދިން ފުރަތަމަ ހަމަލާތަކެވެ.




