38 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން އީރާނާ ދެކޮޅަށް ޓެރަރިސްޓް ހަމަލަތައް ދިނުމުންވެސް އެމެރިކާއަކަށް ކުރިއެއް ނުލިބުނެވެ. އަދި އީރާނުގެ ހަމަލާތަކުގައ އެމެރކާއި ސިފައިން މަރުވާން ފެށުމުން އީރާނާއެކު މަޝްވަރާ ކުރަން އެމެރިކާއަށް މަޖުބޫރު ވެއްޖެއެވެ. އެހެންވެ، އެމެރިކާ އޮތީ މަޝްވަރާއަށް ތައްޔާރަށް ކަމަށް އެމެރިކާގެ ފޮރިން ސެކްރެޓަރީ މާކޯ ރުބިއޯ ވިދާޅުވެއްޖެއެވެ.
ފިލިޕީންސްގެ ވެރިރަށް މެނީލާގައި ކުރިއަށްދާ އާސިއާން ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރުބިއޯ ވިދާޅުވީ، އެމެރިކާއިން މަޝްވަރާއަށް ތައްޔާރަށް އޮތް ނަމަވެސް އީރާނުން އެކަމަށް ތައްޔާރަށް ނެތް ކަމަށެވެ. "މައްސަލައަކީ އީރާނުން މަޝްވަރާތަކާ މެދު ސީރިއަސްކޮށް ނުދެކޭކަން. އެމީހުން ސީރިއަސްނަމަ އަހަރެމެން ވެސް ސީރިއަސް. އެހެން ނޫންނަމަ، އަހަރެމެންގެ މަސްލަހަތާއި އަހަރެމެންގެ އެކުވެރިންގެ މަސްލަހަތު ހިމާޔަތްކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނަން،" ރުބިއޯ ވިދާޅުވިއެވެ.
މި ހިނދު އެމެރިކާއިން އީރާނާ ދެކޮޅަށް އުދުވާނީ ހަމަލަ ދޭން ފަށާފައި ވަނީ މަޝްވަރާ ކުރަމުން ދަނިކޮށެވެ. ކޮންމެ ފަހަރަކުވެސް އީރާނާއެކު މަޝްވަރާގައި އުޅޭއިރު އެމެރިކާއިން ވަނީ އުދުވާހީ ހަމަލަ ދީފައި ކަމަށް ބުނެ އީރާނުން ބުނަމުން ދަނީ އެމެރިކާއަކީ ވާހަކަދައްކަން ހެޔޮ ނުވާ ވަރުގެ މުނާފިގު ބަޔެއް ކަމަށެވެ.
ރުބިއޯ ވަނީ އީރާނަށް ހުރުމްޒް ކަނޑުއޮޅީގެ ކޮންޓްރޯލް ދޫކޮށްލުމަކީ "ނުރައްކާތެރި ނަމޫނާއެއް" ކަމަށް ބުނެފައެވެ. "އެ ބައިނަލްއަގްވާމީ ކަނޑުއޮޅިން އުޅަނދުތައް ދަތުރުކުރުމުގެ ކަންކަން ކޮންޓްރޯލްކުރުމުގެ އެއްވެސް ގާނޫނީ ހައްގެއް އީރާނަކަށް ލިބިގެން ނުވޭ،" އޭނާ ވިދާޅުވިއެވެ. އަދި މިނިވަންކަމާއެކު ކަނޑުދަތުރުކުރުމުގެ ހައްގު ގެއްލިއްޖެނަމަ، ދުނިޔޭގެ އިގްތިސާދަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
އެމެރިކާގެ ސޮލީބީ ހަމަލާތަކިުގެ ކުރިން ހުރުމުޒު މައްސަލައަކީ އޮތް މައްސަލައއް ނޫނވެ. މި މައްސަލަ މައްސަލައަކީ އެމެރިކާއިން މި ސަރަހައްދުގައި ފަސާދަ ކުރުމުންނެވެ.
އެމެރިކާގެ ސިފައިން އީރާނަށް 11 ވަނަ ރޭ ވެސް ޓެރަރިސްޓް ހަމަލާތަކެއް ދީފައި ވެއެވެ.




