އީރާނުން ސަރަޙައްދުގެ ތެލާއި، ގޭސް އަދި ކަރަންޓުގެ އުމްރާނީ ވަސީލަތްތަކަށް ޙަމަލާދޭނެކަމުގެ އިންޒާރުދީފ
އީރާނުގެ ޚާތަމުލް އަންބިޔާއު ހެޑްކުއާޓާސްގެ އިންޒާރު.
އެމެރިކާއިން އަހަރެމެންގެ އުމްރާނީ ވަސީލަތްތަކަށް ޙަމަލާދީފިނަމަ، އެންމެ ތެޔޮ ތިއްކެއްވެސް އެކްސްޕޯޓްކުރިޔަކަ ނުދޭނަން.
އެމެރިކާއިން އަހަރެމެންގެ އުމްރާނީ ވަސީލަތްތަކަށް ޙަމަލާދީފިނަމަ، އަހަރެމެން މި ސަރަޙައްދުގެ ތެލާއި، ގޭސް އަދި ކަރަންޓުގެ އުމްރާނީ ވަސީލަތްތަކަށް ޙަމަލާދޭނަން.
އެމެރިކާއިން ތަކުރާރުކޮށް ދެމުންދާ އިންޒާރުތަކުގެ ނަތީޖާއަކަށް ވާނީ މި ސަރަޙައްދާއި މުޅި ދުނިޔެއަށް ހަނގުރާމަ ފެތުރިގެން ދިއުން އެކަނި.
ހުރްމުޒް ކަނޑުއޮޅި ވަނީ ބަންދުކޮށްފައި، އަދި އެތަނުން ދަތުރުކުރާ އެއްވެސް އުޅަންދެއް ދަތުރުކުރަންވާނީ ހަމައެކަނި އަހަރެމެން ކަނޑައަޅާފައިވާ މަގުން އަދި އަހަރެމެންގެ އިންތިޒާމުތަކާ އެއްގޮތަށް.
އެމެރިކާގެ "ބައިވެރިންގެ" ކަރަންޓު ކަނޑާލާނެކަމުގެ އިންޒާރު ރިވޮލިއުޝަނަރީ ގާޑްސްއިން ދީފި.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އޭރޯސްޕޭސް ފޯސްގެ ކޮމާންޑަރު ބުނެފައިވަނީ، އީރާނުގެ ފާލަންތަކަށާއި ކަރަންޓު އުފައްދާ މަރުކަޒުތަކަށް ޙަމަލާދީފިނަމަ "އެމެރިކާގެ ބައިވެރިންނާއި އެމެރިކާއަށް ފުރުޞަތުދީގެން ތިބި ޤައުމުތަކުން" ކަރަންޓު ކެނޑިގެންދާނެ ކަމަށެވެ.



