1991 ވަނަ އަހަރު އިރާގު ސިފައިން ކުވެއިތުން ފައިބައިގެން ދިއުމާއެކު، އެ ގައުމުގެ ރޯވެފައިވާ ތެޔޮ ވަޅުތައް ނިއްވާލުމަށްޓަކައި އީރާނުގެ މާހިރުން ކުރި މަސައްކަތަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ޝުކުރު ހައްގު މަސައްކަތެކެވެ.
އީރާނާ ދެކޮޅަށް ސައްދާމް ހުސައިން ފެށި ހަނގުރާމަ ނިމުނުތާ އެންމެ ތިން އަހަރު ފަހުން އިރާގުން ކުވެއިތު ހިފިއެވެ. އެ އިރު އަދި ސައްދާމުގެ ހަނގުރާމައިގައި ކުވެއިތާއި ޖީސީސީގެ އެހެން ގައުމުތަކުން ސައްދާމްގެ ރެޖީމަށް ފުޅާދާއިރާއެއްގައި ދިން އެހީތެރިކަމުގެ ހަނދާންތަކާއި ފުން އަނިޔާތަކުގެ އަސަރު އީރާނު މީހުންގެ ސިކުނޑީގައި ހުރީ ތާޒާކޮށެވެ.
ނަމަވެސް، އަނދަމުންދާ ކުވެއިތުގެ ތެޔޮ ވަޅުތައް ނިންވާލުމަށް ކުވެއިތު ސަރުކާރުން އީރާންގައި އެދުނެވެ. އެ އެދުމުގެ މަތިން އީރާނުން ވަނީ ތެލުގެ ދާއިރާގެ 47 މާހިރުންނާއި ފަންނީ ބޭފުޅުންގެ ޓީމެއް ކުވެއިތުގެ ތެޔޮ ވަޅުތަކުގެ އަލިފާން ނިއްވުމުގެ އޮޕަރޭޝަނަށް ފޮނުވާފައެވެ.
އީރާނުގެ މި ޓީމުން ވަނީ ބުރުގަން ތެޔޮ ސަރަހައްދުގެ 28 ތެޔޮ ވަޅެއްގެ އަލިފާންގަނޑު ކޮންޓްރޯލްކުރުމުގެ މަސްއޫލިއްޔަތު ނަގައި އެ މަސައްކަތް ކޮށްފައެވެ.
މިއީ ތާރީޚުގައި ހިންގި ބޮޑު ތެޔޮ ވަޅުތަކުގެ އަލިފާން ނިއްވުމުގެ އޮޕަރޭޝަނެކެވެ. އަދި މިއީ މަސައްކަތުގެ މުހުިންމު ކަމާއި ބުރަ ކަމުން ބައިނަލްއަގުވާމީ ލިޔެކިޔުންތަކާއި ރިޕޯޓްތަކުގައި ރެކޯޑް ކުރެވިފައިވާ މުހިންމު ހާދިސާއެކެވެ.
އީރާނުން ބުނާ ގޮތުގައި، އެ ގައުމުގެ އަލިފާން ނިއްވާ މާހިރުން ވަނީ ކުވެއިތުގައި ރޯވެފައިވި އަލިފާންގަނޑު ނިއްވާލަދީފައެވެ. ނަމަވެސް، މިއަދު ކުވެއިތުން ވަނީ އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރިން ފައްޓާފައިވާ އަލިފާނު ރޯކުރުމުގެ ބަޔަކަށް ވެފައެވެ.
އީރާނުން އަބަދުވެސް އަވައްޓެރިކަމުގެ އަޚުވަންތަ ގުޅުމަކަށް އިސްކަންދިން ނަމަވެސް، އީރާނާ މެދު ތަފާތުކޮށް އަވަށްޓެރިންނާ މެދު ބަހައްޓަންވާ އަޚުލާގް ނުބަހައްޓައި މުއާމަލާތު ކުރެވެއެވެ.
މިއޮތީ އެކަން ފާހަގަކށް ދީފައިޥާ ލިޔުންތަކާއި އެ ޓީމެވެ.



