އެމެރިކާގެ ޓެރަރިސްޓް ހަމަލާގައި ޝަހީދު ކުރި ކުދިންގެ ޖަނާބާ ބާއްވައިފި

އިރާނުގެ ލީގަލް މެޑިސިން އޯގަނައިޒޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ދާދިފަހުން މިނާބު ސްކޫލުގައި ހިންގި ޖެނޮސައިޑުން ފެނުނު އިންސާނުންގެ 62 ބަޔަކީ ޓްރަމްޕް ދިން ޓެރަރިސްޓް ހަމަލާއެއްގައި ހަލާކުވި މީނާބު ފްރައިމަރީ ސުކޫލުގެ 32 ދަރިވަރުންގެ ބައިތައްކަން ޑީއެންއޭ ޓެސްޓުތަކުން ވަނީ ކަށަވަރުވެފައެވެ.

އިރާނުގެ މީނާބު ސިޓީގައި ހުންނަ ޝަޖަރަތުއްޠައްޔިބާ ސުކޫލަށް ޓްރަމްޕް ދިން ޓެރަރިސްޓް ހަމަލާއެއްގައި ޝަހީދުކޮށްލި ކުދިންގެ ތެރެއިން 32 ކުއްޖެއްގެ ހަށިގަނޑުގެ ބައިތައް ފެނި، އެ ބައިތަކުގެ ޖަނާޒާ މިއަދު ވަނީ ބާއްވާފައެވެ. ކަމާބެހޭ އޮފިޝަލުން ހާމަކުރައްވާފައިވާ ގޮތުގައި، ސުކޫލާއި އެ ސަރަހައްދު ބަލައިފާސްކޮށް ހޯދާފައިވާ ހަށިގަނޑުގެ 68 ބައިތަކުގެ ޑީއެންއޭ ޓެސްޓުތައް ހަދައި، އެއީ ކޮން ކުދިންނެއްގެ ބައިތަކެއްކަން ވަނީ ކަށަވަރުކޮށްފައެވެ.

މީގެ އިތުރުން، އިރާނުގެ ފޮރެންސިކް އޯގަނައިޒޭޝަނުން ބުނާ ގޮތުގައި މި ހަމަލާގައި ގެއްލުނު ކުޑަކުއްޖެއް ކަމަށްވާ މާކާން ނަސީރީ (ފޮޓޯގައި) ގެ ހަށިގަނޑުގެ އެއްވެސް ނިޝާނެއް އަދިވެސް ފެނިފައެއް ނުވެއެވެ.

މާހިރުން ގަބޫލުކުރައްވާ ގޮތުގައި އޭނާއަށް ވަނީ ޓްރަމްޕް ގެ އަމުރަށް އެމެރިކާއިން ފޮނުވާލި ޓޯމަހޯކް މިސައިލް ސީދާ އަމާޒުވެފައެވެ. އެހެންކަމުން، އޭނާގެ ހަނދާނުގައި ހުސް ސަންދޯކެއް ބަހައްޓައިގެން އެހިސާބު ގައި ހޯދުންތައް އަދިވެސް ކުރިއަށްދާކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިއްސާ ކުރައްވާ!