އަންހެނަކު ކުރުކޮށް ފިރިހެނުންނާ އެއްގޮތަށް ބޯކޮށުމުގެ ހުކުމަކީ ކޮބައިހެއްޔެވެ؟

މިސްރުގެ ދާރުލް އިފްތާގެ އަމީނަތުލް ފަތުވާ، ޑޮކްޓަރު ޒައިނަބު އައްސައީދު ވަނީ "އަންހެނަކު ކުރުކޮށް ފިރިހެނުންނާ އެއްގޮތަށް ބޯކޮށުމުގެ ހުކުމަކީ ކޮބައިހެއްޔެވެ؟" މި ސުވާލަށް ޖަވާބު ދެއްވާފައެވެ.

ޑރ. ޒައިނަބް ތަފްސީލުކޮށްދެއްވި ގޮތުގައި މިކަމުގެ ހުކުމް ތަފާތުވަނީ ނިޔަތާއި ހާާލަތަށް ބަލައިގެންނެވެ. އަދި މި މައްސަލައިގައި شرعي ހުކުމް ކަނޑައެޅުމުގައި ނިޔަތަކީ އަސާސީ ދައުރެއް އަދާކުރާ އެއްޗެއްކަން އެކަމަނާ ކަށަވަރުކޮށްދެއްވިއެވެ.

މިސްރުގެ "ޤަނާތުއްނާސް" އިން ގެނަސްދޭ އަންހެނުންގެ ފިޤުހާ ބެހޭ "ފިޤުހުއް ނިސާ" ޕްރޮގްރާމުގައި، މިސްރުގެ ދާރުލް އިފްތާގެ އަމީނަތުލް ފަތުވާ ވިދާޅުވީ، އިސްތަށިގަނޑު ކުރުކުރަނީ ފިރިހެނުންނާ އެއްގޮތްވުމުގެ ނިޔަތުގައި ކަމަށްވާނަމަ އަދި އެއީ، އަންހެނަކު އޭނާގެ ސިފައާމެދު ހިތްހަމަނުޖެހިގެން ފިރިހެނުންގެ ސިފައާއި އެގޮތަށް ހެދުންއެޅުމަށް އެކަން ކޮޕީކުރަން ކުރާ ކަމެއް ކަމުގައި ވަނީނަމަ އެއީ ޝަރީޢަތުގައި ނަހީކުރައްވާފައިވާ ކަމެކެވެ. އަދި އެކަމުގައި ވަނީ ﷲގެ ލަޢުނަތާއި އިންޒާރުގެ ބަސްފުޅުތައް އައިސްފައެވެ. ސަބަބަކީ އެއީ الله تعالى އިންސާނުން ހައްދަވާފައިވާ ތަބީޢީ ފިޠުރަތުން ބޭރުވުމެއް ކަމަށްވާތީއެވެ.

ޑރ. ޒައިނަބް އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، ކުރުކޮށް ބޯކޮށުމާއި ހުއްދަ ޒީނަތްތެރިވުމުގެ އިމުގެ ތެރެއިން އިސްތަށިގަނޑު ކުރުކުރުމާ ދެމެދު ތަފާތެއްވެއެވެ.

އަންހެން މީހާގެ ބައްޓަމާއި މުނާސިބު އަދި ފިރިހެނުންގެ ސިފައެއް ދެއްކުމެއް ޖެއްސުމެއް ނެތް، އަންހެންވަންތަކަމާއި ރީތިކަން ދައްކުވައިދޭ އަދި ފިރިހެނުންނާ އެއްގޮތްވުން ކަމަށް މާނަ ނުކުރެވޭ ގޮތަށް އިސްތަށިގަނޑު ކުރުކޮށް އިސްތަށިގަނޑު މޮޑެލްކުރުމުގައި  އެއްވެސް މައްސަލައެއް ނެތެވެ.

އަދި އަންހެނާއަށް އެކަށީގެންވާ އިމުގެ ތެރޭގައި، ޚާއްޞަކޮށް ދިގު އިސްތަށިގަނޑަށްވުރެ ކުރު އިސްތަށިގަނޑު އެ ކަމަނާއަށް މުނާސިބުވެ ގުޅޭނަމަ ފިރިހެނުންނާ އެއްގޮތްވުމެއް ނެތި، ހުއްދަގޮތަށް ޒީނަތްތެރިވުމުގެ ތެރެއިން އިސްތަށިގަނޑު ކުރުކުރުމަކީ ހުއްދަކަމެއްކަން ޑރ. ޒައިނަބް ކަށަވަރުކޮށްދެއްވިއެވެ.

މިސްރުގެ ދާރުލް އިފްތާގެ އަމީނަތުލް ފަތުވާ ވަނީ ޒީނަތްތެރިވުމުގައި ޝަރުޢީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ. އޭގެ ތެރޭގައި، ހިލޭ ފިރިހެނުންގެ ކުރިމަތީގައި ޒީނަތްތެރިކަން ނުދެއްކުމަށާއި، އެކަން ގޭގެ ތެރޭގައި ނުވަތަ ފިރިމީހާގެ ކުރިމަތީގައި އެކަނި ކުރުމަށް ނަސޭހަތްތެރި ވެ ވަޑައިގެންފައެވެ. އެއީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތާ އެއްގޮތް ކަމަށް ވިދާޅުވިއެވެ.

هل قصّ المرأة شعرها ليصبح كهيئة الرجال حرام؟ أمينة الفتوى تجيب

ހިއްސާ ކުރައްވާ!