ކޮމިއުނިކޭޝަންސް، ސްޕޭސް އެންޑް ޓެކްނޮލޮޖީ ކޮމިޝަން (ސީއެސްޓީ) އިން ނެރުނު "ސައުދީ އިންޓަނެޓް 2025″ ރިޕޯޓުން ދައްކާ ގޮތުގައި، ސައުދީ އަރަބިއްޔާގެ އިންޓަނެޓް ސްޕީޑް ވަނީ 216 އެމްބީޕީއެސް އަށް އިތުރުވެފައެވެ. މިއީ ކުރީ އަހަރު 203 އެމްބީޕީއެސްގައި ހުރި މިންވަރެކެވެ.
ސައުދީގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއެކު، މި ކާމިޔާބީގެ ސަބަބުން ޖީ20 ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ އިންޓަރނެތްގެ ސްޕީޑް ހަލުއި ފަސް ގައުމުގެ ތެރޭގައި ސައުދީ ވަނީ ހިމެނިފައެވެ.
ރިޕޯޓްގެ މައިގަނޑު ނުކުތާތައް:
-
މޮބައިލް އިންޓަނެޓް ބޭނުންކުރުން: އެވްރެޖްކޮށް ސައޫދީގައި މަހަކު މީހަކަށް 53 ޖީބީ ޑޭޓާ ބޭނުންކުރެއެވެ. މިއީ ދުނިޔޭގެ އެވްރެޖަށްވުރެ ގާތްގަނޑަކަށް ތިން ގުނަ އިތުރު އަދަދެކެވެ.
-
5ޖީ ސްޕީޑް: 5ޖީ ނެޓްވޯކްތަކުގެ މެދުމިން ޑައުންލޯޑް ސްޕީޑް ވަނީ 320 އެމްބީޕީއެސް އަށް އަރާފައެވެ. އަދި ލެޓެންސީ ހުރީ 24 މިލިސެކަންޑްގައެވެ.
-
ފިކްސްޑް އިންޓަނެޓް: ފިކްސްޑް އިންޓަނެޓްގެ މެދުމިން ޑައުންލޯޑް ސްޕީޑް 151 އެމްބީޕީއެސް އަށް ވަނީ އިތުރުވެފައެވެ. އަދި އަޕްލޯޑް ސްޕީޑް 73 އެމްބީޕީއެސް އަށް އަރާފައިވާއިރު، ލެޓެންސީ ހުރީ 8 މިލިސެކަންޑްގައެވެ.
-
ޑޭޓާ ޓްރެފިކް: ސައުދީގައި ޖުމްލަ 69 މިލިއަން ޓެރަބައިޓްގެ އިންޓަނެޓް ޑޭޓާ ބޭނުންކޮށްފައިވެއެވެ. އޭގެ ތެރެއިން 56 އިންސައްތައަކީ ގައުމުގެ އެތެރޭގެ ޓްރެފިކެވެ.
އެންމެ ގިނައިން އިންޓަނެޓް ބޭނުންކުރާ ސަރަހައްދުތައް:
- ރިޔާޟް ސަރަހައްދު: 30.6 އިންސައްތަ
- މައްކާ ސަރަހައްދު: 20.5 އިންސައްތަ
- އިރުމަތީ ޕްރޮވިންސް: 16.8 އިންސައްތަ
މި ރިޕޯޓުން އިތުރަށް ދައްކާ ގޮތުގައި، ސައުދީގެ 67 އިންސައްތަ ޔޫޒަރުން މިހާރު އިންޓަނެޓް ޕްރޮޓޮކޯލް ވާޝަން 6 ބޭނުންކުރެއެވެ. އަދި އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން އިން 2026 ވަނަ އަހަރު އާންމުކުރި އައިސީޓީ ޑިވެލޮޕްމަންޓް އިންޑެކްސްގައި، ދުނިޔޭގެ 159 ގައުމުގެ ތެރެއިން ސައުދީ އަރަބިއްޔާ ވަނީ އެއްވަނަ ހޯދާފައެވެ.






