ވޯލްޑްކަޕްގައި ދެވަނައަށް އެންމެ ގިނަމީހުން ބެލި މެޗަކަށް މިސްރާއި އާޖެންޓީނާ މެޗް

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ މެޗުތަކުގެ ތެރެއިން، މިސްރާއި އާޖެންޓީނާ ބައްދަލުކުރި ފޯރިގަދަ ގަދަ މެޗު ވެގެން ގޮސްފައިވަނީ ބައިަން ސްޕޯޓްސް ކުންފުނީގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނަ މީހުން ބެލި މެޗަށެވެ. މުޅި މުބާރާތުގެ 39 ދުވަހުގެ ކަވަރޭޖަށް ބައިން ސްޕޯޓްސް އަށް ޖުމްލަކޮށް 6.2 ބިލިއަން ވިއުޒް ލިބިފައިވެ އެވެ.

އެކުންފުނީގެ އޯޑިއެންސް ޑޭޓާއިން ދައްކާ ގޮތުގައި މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ސަރަހައްދުން 192.6 މިލިއަން މީހުން ވަނީ މިސްރާއި އާޖެންޓީނާގެ މެޗު ބަލާފަ އެވެ. މިއީ މުބާރާތުގައި އަރަބި ގައުމެއް ބައިވެރިވި މެޗުތަކުގެ ތެރެއިން އެންމެ މަތީ ރޭޓިންއެއް ލިބުނު މެޗެވެ. އެންމެ ގިނަ މީހުން ބަލާފައިވަނީ ސްޕޭނާއި އާޖެންޓީނާ ކުޅުނު ފައިނަލް މެޗެވެ. އެ މެޗަށް 245.4 މިލިއަން ބެލުންތެރިން ލިބިފައިވެ އެވެ.

މިސްރުގެ ޓީމުގެ މި މަގްބޫލުކަމާއެކު މުބާރާތުގެ އެންމެ ގިނަ މީހުން ބެލި 10 މެޗުގެ ތެރޭގައި އެ ގައުމުގެ ދެ މެޗެއް ހިމެނިފައިވެ އެވެ. އޭގެތެރޭގައި ގަދަ 32 ގެ ބުރުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗު 6 ވަނަ އަށް އެންމެ ގިނަ މީހުން ބެލި މެޗުގެ ގޮތުގައި ހިމެނިފައިވެ އެވެ. މީގެއިތުރުން އަރަބި 8 ގައުމެއް ބައިވެރިވި 29 މެޗަކުން ޖުމްލަ 2.1 ބިލިއަން ވިއުޒް ލިބިފައިވާ ކަމަށް ބައިން ސްޕޯޓްސް އިން ހާމަކޮށްފައިވެ އެވެ.

ހިއްސާ ކުރައްވާ!