ފަލަސްޠީނު މީހުން ޖެނޮސައިޑަށް ދޫކޮށްލި ޖޯ ބައިޑެން މަރު ބަލީގައި

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ޕްރޮސްޓޭޓް ކެންސަރު މިހާރު ކަށިތަކަށާއި ހަށިގަނޑުގެ އެހެނިހެން ބައިތަކަށް ފެތުރިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ވޭން ތަހައްމަލުކުރައްވަމުން ގެންދަވާ ކަމަށް އޭނާގެ ދަރިފުޅު ހަންޓަރ ބައިޑެން ބުނެފިއެވެ.

ބީބީސީއާ ވާހަކަ ދައްކަމުން އޭނާގެ ބައްޕަގެ ސިއްހީ ހާލަތާ ބެހޭގޮތުން ބުނީ ކެންސަރު ބަލީގެ ވޭނުގައި އޭނާގެ ބައްޕަ ތައްހަމަލު ކުރަމުންދާ ވޭންތައް ފެނުމަކީ އާއިލާއަށް ވަރަށް ހިތާމަވެރި ހިތްދަތި ކަމެއް ކަމެއް ކަމަށާއި، ކަށިތަކަށާއި ހަށިގަނޑުގެ އެކި ތަންތަނަށް މިހާރު ކެންސަރު ފެތުރިފައިވުމުން ވަރަށް ބޮޑަށް ވަރުބަލި ކަމަކާއި ވޭންތަކެއް ލިބެމުންދާ ކަމަށެވެ.

އުމުރުން މިހާރު 83 އަހަރުވެފައިވާ ޖޯ ބައިޑެންއަކީ އެމެރިކާގެ ތާރީޚުގައިވެސް އެންމެ އުމުރުން ދުވަސްވީ ރައީސެވެ.

ވެރިކަމުގައި ހުންނެވި ދުވަސްވަރުވެސް އޭނާގެ އުމުރާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް އޮތްއިރު، ވެރިކަމުން ފައިބައިވަޑައިގަތްތާ ހަތަރު މަސް ފަހުން، އޭނާއަށް ކެންސަރު ޖެހިަފައިވާ ކަން އިއުލާން ކުރިއެވެ.

އޮކްޓޫބަރު މަހުން ފެށިގެން އޭނާ ގެންދަވަނީ ރޭޑިއޭޝަނާއި ހޯމޯން ފަރުވާ ހޯއްދަވަމުން ނެވެ.

ބައިޑެން އަކީ އޭނާގެ ސިޔާސީ އުމުރު އެއްކޮށް ޔަހޫދީ ޒަޔަނިސްޓު ނިޒާމަށް ހޭދަކުރުމުގައި ވޭތި ކުރި މީހެކެވެ. އޭނާ ބުނެފައި ވަނީ މެދުއިރުމަތީގައި ޒަޔަނިސްޓު ނިޒާމު އިންދިފައި ނުވީނަމަ، އެމެރިކާއަށް އެ ސަރަހައްދުގައި އެފަދަ ޒަޔަނިސްޓު ނިޒާމެއް އުފައްދަން މަޖުބޫރުވީސް ކަމަށެވެ. އަދި އޭނާ ވަނީ ފާޅުގައި އޭނާއަކީ ނަސްރާނީ ޒަޔަނިސްޓެއް ކަމަށް ބުނެ އިއުލާން ކޮށްފައެވެ.

އޭނާގެ ސަރުކާރުގައި ޔަހޫދީ ޖެނޮސައިޑް ރެޖީމުން ޣައްޒާގައި ނަސްލު ނައްތާލުމުގެ ޖެނޮސައިޑް އަމަލު ހިންގަމުންދާކަން އެންގުމުންވެސް އޭނާ ވަނީ އެކަންކަމަށް އަޅާނުލައި ފަލަސްޠީނު މީހުން ޖެނޮސައިޑްގެ ޝިކާރައަކަށްވާން ދޫކޮށްލާފައެވެ.

ހިއްސާ ކުރައްވާ!