trum
trum

ޓްރަމްޕްގެ އަންދާ ޤާނޫނު: އީރާނަށް ވަކި ގޮތެއް އެމެރިކާއަށް ވަކި ހަމައެއް!

އެމެރިކާއިން ދިން ހަތިޔާރުން ހިންގި ޖެނޮސައިޑުން މަރުވި މީހުންނަށާއި އެމެިރކާގެ ހަމަލާތަކުން އީރާނުގައި މަރާލި މީހުންނަށް ބަދަލު ދޭން ނުޖެހޭނެ ކަމަށާއި ނަމަވެސް އީރާނުގެ އަސްކަރީ އޮޕަރޭޝަންތަކުގައި މަރުވި މީހުންނަށް އީރާނުން ބަދަލު ދޭން ޖެހޭނެ ކަމަށް އެމެރިކާގެ ވެރިޔާ އަންގަވައެވެ.

ޓްރަމްޕް އަންގަނީ، ލުބުނާނާއި، ސޫރިޔާއާއި، ޔަމަނުގައި ސޮލީބީންނާއި ސަހުޔޫނީންނަށް ލިބުނު "ގެއްލުންތަކާއި މަރުވި މީހުންގެ" މަސްއޫލިއްޔަތުވެސް އީރާނުން އުފުލަންޖެހޭނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނުން މިކަންކަމަށް ބަދަލު ދޭން ޖެހޭނެއެވެ. ޓްރަމްޕް އީރާނުގައި ބަލިކޮށްފައިވާތީ އެކަން ފޮރުވުމަށް ކުރަމުންދާ ޕްރޮޕެގެންޑާގައި ވިދާޅުވީ އީރާނާއެކު ކުރިއަށްއޮތް ކޮންމެ މަޝްވަރާއެއްގައިވެސް މި ވާހަކަތައް ކުރިއަށްނެރުމަށް އޭނާ ވަނީ އިރުޝާދު ދެއްވާފައި ކަމަށެވެ.

ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި 5 މަސްދުވަހު އީރާނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށް އީރާނުން ދަނީ އެދެމުންނެވެ. ނަމަވެސް އެމެރިކާއާއެކު ކޮށްފައިވާ މަޝްވަރާތަކުގައި އެފަދަވާހަކައެއް ދެކެވިފައެއް ނުވެއެވެ.

"އިރާނުގެ މި ވާހަކައަކީ މިއީ ޝައުގުވެރި ޚިޔާލެއް،" އެމެރިކާގެ ރައީސް އިތުރަށް ވިދާޅުވިއެވެ. "ސަބަބަކީ އަހަރެންވެސް މިހާރު މިދަނީ އީރާނުގެ ކިބައިން ބަދަލަށް އެދެމުން." ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ އޭނާގެ ޓުރުތު ސޯޝަލްގައި ހޮޅި ލިސްޓެއްވެސް ހިމަނާފައެވެ. އޭގައި ފާއިތުވި 50 އަހަރު ދުވަހުގެ ތެރޭގައި އީރާނުން މަރާލި މީހުންގެ އާއިލާތަކަށާއި، އަދި މި ފަހުން މުޒާހަރާތަކުގައި މަރާލި ކަމަށް ޓްރަމްޕް ބުނާ 52000 މީހުންގެ އާއިލާތަކަށްވެސް އީރާނުން ބަދަލު ދޭންޖެހޭނެ ކަމަށް ބުންޏެވެ.

އެމެރިކާގެ ބްރައުން ޔުނިވާސިޓީގެ ކޯސްޓް އޮފް ވަރ ޕްރޮޖެކްޓްގެ ދިރާސާގައި އަންދާސާކޮށްފައިވާ ގޮތުގައި ސެޕްޓެމްބަރު 11 އަށްފަހު އެމެރިކާއިން ދިން ނުހައްގު ހަމަލާތަކުގައި ނުސީދާކޮށް 3.8 މިލިއަން މުސްލިމުން ޝަހީދުކޮށްފައި ވެއެވެ. އަދި ޖުމުލަ ޝަހީދުކޮށްފައިވާ މުސްލިމުންގެ އަދަދު 8.7 މިލިއަން އަށް އަރާނެ ކަމަށް އަންދާސާ ކުރެވެއެވެ. މި އެންމެންގެ މަރުގެ ބަދަލު އެމެރިކާއަށް ދެވޭނެ ހެއްޔެވެ؟ މީގެ ތެރޭގައި އެމެރިކާގެ ހަތިޔާރު ދީގެން ހިންގި ޖެނޮސައިޑުން ޝަހީދުވި ފަލަސްޠީނު މީހުން ނުހިމެނެއެވެ.

ހިއްސާ ކުރައްވާ!