އީރާނާ ދެކޮޅަށް އާ ޢަސްކަރީ ޙަމަލާތަކެއް ދިނުމުގެ ބަދަލުގައި، ފާއިތުވި މަސްތަކުގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ފިއްތުންތަކުގެ ނަތީޖާއަށް އިންތިޒާރުކުރައްވަމުންދާކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
'އެކްސިއޯސް' ނޫހަށް ދެއްވި ކުރު ފޯނު އިންޓަވިއުއެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ، އީރާނުގެ މައްސަލައިގައި އެމެރިކާއިން ކަންކަން ކުރިއަށްދަނީ ވަރަށް ހަމަޖެހިގެން ކަމަށެވެ. އަދި އީރާނާއެކު ކުރިއަށްދަނީ ވަކިވަކި ކަންކަމާ ގުޅޭ ބައެއް މަޝްވަރާތައް ކަމަށާއި، މިވަގުތު އެމެރިކާއިން ބަލަމުންދަނީ އެ ޤައުމުގައި އިންތިހާއަށް އިންފްލޭޝަން މަތިވެ، ފައިސާގެ ތަދުމަޑުކަން ބޮޑުވެފައިވާ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން އީރާނުގެ މުހިންމު އަމާޒުތަކަށް ބޮޑު ޢަސްކަރީ ޙަމަލާއެއް ދިނުމުގެ އަމުރު ނެރުއްވުމާހަމައަށް ގޮސްފައިވީ ނަމަވެސް، މި އިންޓަވިއުގައި ޓްރަމްޕްގެ ފަރާތްޕުޅުން އާންމުކޮށް ފެންނަފަދަ ވަރުގަދަ ޢަސްކަރީ އިންޒާރެއް ދެއްވާފައެއް ނުވެއެވެ.
އީރާނުގެ އިޤްތިޞާދީ ޙާލަތު ވަރަށް ދަށްވެފައިވާކަން ފާހަގަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އެ ޤައުމުގެ ސިފައިންނަށް މުސާރަ ދޭނެ ފައިސާވެސް މިހާރު އީރާނުގެ އަތުގައި ނެތް ކަމަށެވެ. ޓްރަމްޕަކި ކައްޒާބެއް ކަން ވަނީ ޔަޤީން ކުރެވިފައެވެ.





