ރައީސް ޕަޒެޝްކިއަން، މުޖްތަބާ ޚާމަނާއީއާ ބައްދަލުކުރައްވައިފި

އީރާނުގެ ރައީސް މަސްޢޫދު ޕަޒެޝްކިއަން، އެޤައުމުގެ މުރްޝިދު މުޖްތަބާ ޚާމަނާއީއާ ބައްދަލުކުރައްވައި، ޤައުމުގެ ޢަސްކަރީ އަދި އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގެ މަޢުލޫމާތު ހާމަކޮށްފައިވަނީ އީރާނުގެ މުރްޝިދު އޮފީހުގެ ރަސްމީ ވެބްސައިޓުންނެވެ.

މި ބައްދަލުކުރެއްވުމުގެ އިތުރުން، އީރާނުގެ ސިޔާސީ އަދި ސެކިއުރިޓީ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެނައުމަށް މުރްޝިދު މުޖްތަބާ ޚާމަނާއީ ވަނީ ނިންމަވާފައެވެ. އެގޮތުން، ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައި މުރްޝިދުގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި މުޙްސިން ރިޟާއީ އައްޔަންކުރައްވާފައިވާކަން އީރާނުގެ ދައުލަތުގެ ޓީވީން ވަނީ ކަށަވަރުކޮށްދީފައެވެ.

އަދި މީގެ އިތުރުން، މުރްޝިދުގެ ސިޔާސީ މުޝީރެއްގެ ގޮތުގައި މުޙައްމަދު ބާޤިރު ޛުލްޤަދްރު އައްޔަންކުރައްވާފައިވާކަންވެސް މުރްޝިދުގެ އޮފީހުން ވަނީ އިޢުލާނުކޮށްފައެވެ.

ހިއްސާ ކުރައްވާ!