މެދުއިރުމަތީގައި ބާރުތައް އަލުން އެތުރިގެން ގޮސްފައިވާ ގޮތުން ޔަހޫދީ ޖެނޮސައިޑް ރެޖީމުން ނުތަނަވަސްކަން ފާޅު ކުރަން ފަށައިފިއެވެ. ގްލޯބަލް ފަޔަރ ޕަވާއިން އެކުލަވާލާފައިވާ 2026ގެ އައު ގިންތީ މެދުއިރުމަތީގައި އެންމެ ބޮޑު ބާރަކީ އިސްރާއީލެއް ނޫނެވެ.
ގްލޯބަލް ފަޔަރޕަވަރ އިން މެދުއިރުމަތީގެ އަސްކަރީ ޤާބިލުކަމުގައި ޤައުމުތައް ތަރުތީބު ކުރިއިރު އެއް ވަނާގައި ގިންތި ކޮށްފައި ވަނީ ތުރުކީ އެވެ. އަދި މިޞްރު ދެވަނައިގައި، އޮތް އިރު ޖެނޮސައިޑް ރެޖީމުން ލިސްޓު ކޮށްފައި ވަނީ 4 ވަނައަށް އޮތް އީރާނުގެ ކުރީގައި 3 ވަނާގައެވެ.
ބައނަލްއަގްވާމީ ގިން ތިކުރުމުގައި ތުރުކީ އަކީ ދުނިޔޭގެ 9 ވަނަ ބާރެވެ. އަދި މިސްރަކީ 12 ވަނަ ބާރެވެ.
ޔަހޫދީ ޖެނޮސައިޑް ރެޖީމަކީ 15 ވަނަ ބާރެވެ!
މި ރޭންކިންގައި މިޞްރަށް ކުރިއެރުން ލިބިފައިވާ މައިގަނޑު ސަބަބުތަކަކީ ސިފައިންގެ ޢަދަދާއި ލޮޖިސްޓިކް ދާއިރާގެ ގޮތުން މިސްރު ކުރިއަރާފައިވުމެވެ.
މިސްރަކީ ޢަރަބި ދުނިޔޭގައި އެންމެ ބޮޑު އިންސާނީ ބާރެވެ. އަދި ވަރުގަދަ ކަނޑުގެ އަސްކަރީ ނޭވީއަކާއި ބޮޑު ލަޝްކަރެއް އޮތް ގައުމެކެވެ.
މި އިންޑެކްސް ބިނާކޮށްފައިވަނީ ސަރަހައްދުގެ ބޮޑުމިނާއި، އާބާދީގެ އަދަދާއި އަދި ދިގު ހަނގުރާމަތަކަށް ތައްޔާރަށް އޮތުމުގެ މައްޗަށް ބަލައިގެންނެވެ.





