އިޒްރޭލުން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ބިންތައް ހިފައި ޔަހޫދީންނަށް 627 ބަސްތީއެއް ބިނާކުރުމަށްޓަކައި އައު ބީލަމެއް އިއުލާނުކޮށްފައެވެ.
ފަލަސްޠީނުގެ ވޯލް އެންޑް ސެޓްލްމަންޓް ރެސިސްޓެންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ގާތްގަނޑަކަށް 253.7 ދުނަމްގެ ބިމެއްގައި ޖެނޮސައިޑް ރެޖީމުން ހިންގާ މި މަޝްރޫޢަކީ ރާމަالله އާއި އަލްބީރާ ގަވަރްނޭޓްގެ ސަރަޙައްދުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢާ ގުޅިގެން ކުންފުނިތަކުން ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2026 ނޮވެމްބަރު 30 އެވެ.
މިފަދަ ޔަހޫދީ ބަސްތީތައް ބިނާ ކުރުމުގެ ސަބަބުން ހިފާފައިވާ ފަލަސްޠީނުގެ ވެރިރަށް ޤުދުސްއާއި ފަލަސްޠީނުގެ އެހެން ސަރަޙައްދުތަކާ ދެމެދު އޮތް ގުޅުން ކަނޑުވާލައި، ޔަހޫދީ ބަސްތީތަކުގެ ބިން އިތުރަށް ފުޅާވެގެންދާނެ ކަމަށް އިންޒާރުދީފައިވެއެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ. ގެ ގަރާރުތަކާ ޚިލާފަށް ހިންގާ މިފަދަ ޢަމަލުތަކަކީ ހުޅަނގު އައްސޭރީގެ މާހައުލު އިތުރަށް ގޯސްވެ، ދެ ދައުލަތުގެ ހައްލަށް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި ވެސް ބައިނަލްއަޤުވާމީ މުޖުތަމަޢުން ދެކެއެވެ.







