ސަޔުހޫނީ މީޑިއާއިން މުޖުތަބާ ޚާމަނާއި ދެންމެ ދެންމެ އަވަހާރަވެދާނެ ކަމަށް ބުނެ ޚަބަރު ފަތުރަން ފެށުމުން އީރާނު ސަރުކާރުން އޭނާގެ ވީޑިއޯއެއް ޝާއިއުކޮށްފިއެވެ.
އީރާނުގެ ނިއުސް އެޖެންސީން މި ވީީޑިއޯ އާންމު ކޮށްފައި ވަނީ ޖެނޮސައިޑަށް ވާގިވެރިވާ މީޑިއާއިން ޚާމަނާއީގެ ސިއްހީ ހާލަތު ވަރަށް ގޯސްވެ، ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވާ ކަމަށް ބުނެ ޚަބަރުތަކެއް ފަތުރާފައިވަނިކޮށެވެ.
އާންމު ކޮށްފައިވާ ވީޑިއޯގައި މުޖްތަބާ ޚާމަނާއީ ފެންނަނީ ވަރަށް ހަމަޖެހިލައިގެން އޮފިޝަލުންނާ ވާހަކަދައްކަވަން އިންނަވާ މަންޒަރެވެ.
މި ވީޑިއޯއަކީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އާންމުކުރެވުނު ޚާމަނާއިގެ މިފަދަ ފުރަތަމަ ވީޑިއޯ އެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލު ގުޅިގެން ދިން ސޮލީބީ ސަހުޔޫނީ އުދުވާނީ ހަމަލާތަކަށްފަހު، އީރާންގެ އިމާމް އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ވެރިކަމަށް ވަޑައިގެންނެވި ފަހުން، މުޖްތަބާ ޚާމަނާއީ ގެ ހަރަކާތްތައް ސިއްރުކޮށްފައި ވެއެވެ. އެމެރިކާއާއި ޔަހޫދީ ޖެނޮސައިޑއް ރެޖީމުން ވަނީ އޭނާއަށް ޓެރަރިސްޓް ހަމަލައެއް ދީފާނެ ކަމަށް އިންޒާރު ދީފައެެވެ.



