ޒަޔަނިސްޓު ޔަހޫދީ ރެޖީމުން ހިފާފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އުތުރުގައި ނާބުލުސް ގެ ދެކުނަށް ވާގޮތަށް އޮންނަ ޤުޞްރާ އަވަށަށް ވަދެ ބަޑި ޖަހައި އެ ވަށުން ފަލަސްޠީނުގެ ނަސްލު ސާފުކޮށްފިއެވެ.
މި ލާއިންސާނީ ޢަމަލު ހިންގާފައިވަނީ ޖެނޮސައިޑް ހިންގާ ޔަހޫދީ ޒަޔަނިސްޓުންގެ ބައިގަނޑުތަކުން އެ ސަރަޙައްދު ހިޞާރުކޮށްފައި ވަނިކޮށެވެ.
އަވަށުގެ މޭޔަރު ޢަބްދުލްޢަޡީމް ވާދީ ވިދާޅުވި ގޮތުގައި، ޖެނޮސައިޑް ހިންގާ ޔަހޫދީ ޒަޔަނިސްޓުންގެ ސިފައިން ވަނީ އެ ސަރަޙައްދު މުޅިން ބަންދުކޮށް، ކާފިއު ހިންގާފައެވެ. ޞިއްޙީ ޚިދްމަތްތަކާއި އަސާސީ ބޭނުންތަކަށް ބޭނުންވާ ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަގުތައް ވެސް ވަނީ ބަންދުކޮށްފައެވެ.
ޔަހޫދީ ރެޖީމުގެ އަމިއްލަ ފަރާތްތަކުން ބުނާ ގޮތުގައި ހުޅަނގު އައްސޭރިއަކީ މިހާރު ގޮވަން ތައްޔާރު ވެފައިވާ ސަރަހައްދެކެވެ. އަދި ޔަހޫދީ ރެޖީމުން ވަނީ ރާމަﷲ ގައި ހިންގާ ފަލަސްޠީނުގެ ޒާތީ އިދާރާ ބަލިކަށި ކޮށްލައި ބާރުތައް ނިގުލައިގެންފައެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ފަލަސްޠީނު މީހުން ހިމާޔަތް ދިން ޔަހޫދީން މިހާރު ވެފައި ވަނީ ފަލަސްޠީނު މީހުން ކާންދީ ބޮޑު ކުރި ވިހަލާ ހަރުފަތަކަކަށް ވެފައެވެ.







