ދިވެހިރާއްޖޭގެ އިންޝުއަރެންސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 13/2025) ތަންފީޒުކުރުމަށް ޓަކައި ބޭނުންވާ މުހިންމު ދެ ގަވާއިދެއްގެ ދެލިކޮޕީއަށް އާންމުންގެ ޚިޔާލު ހޯދުމަށް އެ އޮތޯރިޓީން ހުޅުވާލައިފިއެވެ.
އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފައިވާ ދެ ގަވާއިދަކީ 'އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދު އަދި 'އިންޝުއަރެންސް (ޢާންމު މާއްދާތަކުގެ) ގަވާއިދެވެ. މި ދެ ގަވާއިދު ވެސް އެކުލަވާލައިފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އިންޝުއަރެންސް ކުންފުނިތަކާއި އެހެންވެސް ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށްފަހުގައި ކަމަށް އެމްއެމްއޭ އިން ހާމަކޮށްފައިވެއެވެ.
އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދު:
https://tinyurl.com/RisksinMaldives
އިންޝުއަރެންސް (އާންމު މާއްދާތަކުގެ) ގަވާއިދު:
https://tinyurl.com/Gen-Provisions
މި ގަވާއިދުތަކަށް އެއްވެސް ޚިޔާލެއް ދޭން ބޭނުންވާނަމަ [email protected] އަށް 18 އޮގަސްޓު 2026ގެ 13:00ގެ ކުރިން އީމެއިލް ކުރުން އެދެމެވެ.
އެމްއެމްއޭ






