ބްރޫނާއިގެ ރަސްގެފާނު ޙަސަނުލްބުލްޤިޔާ ވަނީ އެމަނިކުފާނުގެ ދަރިކަލެއްގެ އަނބިކަނބަލުން ކަމަށްވާ ރާބިއަތުލް އަދަވިއްޔާގެ ރަސްމީ ލަގަބުތަކާއި ހުރިހާ މަގާމުތަކެއް އަނބުރައި ނަންގަވާފައެވެ.
ބުރޫނާއިގެ ރަސްމީ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަޅު އަޅާފައިވަނީ ރަސްގެފާނުގެ ޝާހީ ޒާތުފުޅަށް ކުޑައިމީސްްވާ ގޮތަކަށް އެކަމަނާ އަމަލުކުރެއްވުމާ ގުޅިގެންނެވެ.
ހަސަނުލްބުލްޤިޔާ ރަސްގެފާނަކީ މިހާރު ދުނިޔޭގައި ހުންނެވި އެންމެ ދުވަސްވީ ރަސްގެފާނެވެ. ނަމަވެސް އުމުރުން 33 އަހަރުގެ ރާބިއަތުލް އަދަވިއްޔާ އާ މެދު ކަން ހިނގަން މެދުވެރިވި ސީދާ ސަބަބެއް ނުވަތަ އެކަމާ ގުޅޭ އިތުރު ތަފްޞީލެއް ގަނޑުވަރުގެ އޮފީހުން ނެރުނު ރަސްމީ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. މި ނިންމުމަކީ ސީދާ ސުލްޠާންގެ އަމުރަށް ނިންމަވާފައިވާ ކަމެއް ކަމަށް ޗެމްބަރލިންގެ އޮފީހުން ބުނެފައިވެއެވެ.
ރަސްގެފާނުގެ ދަރިކަލުން އަމީރު އަބްދުލް މާލިކުއާ ރާބިއަތުލް އަދަވިއްޔާ ކައިވެނި ބައްލަވައި ގަތީ 2015 ވަނަ އަހަރުއެވެ. އެ ކައިވެނީގެ އުފަލުގައި ދިހަ ދުވަހުގެ މުއްދަތަކަށް ރަސްގަޑުވަރުގައި ބޮޑެތި ޖާފަތްތައް ބާއްވާފައި ވެއެވެ. އެ ދެބޭފުޅުންނަށް 4 އަމީރުން ލިބިވަޑައިގެންފައި ވެއެވެ.
މައިކަމަނާގެ ލަބަގުޔތައް ނެންގެވިނަމަވެސް ތުއްޕުޅު އަމީރުންގެ ލަގަބުތައް އަނބުރައި ނަންގަފާވާފައެއް ނުވެއެވެ.







