ރަޝިޔާއިން ސިއްރު މަގަކުން އީރާނަށް ގޮވާތަކެއްޗާއި ހަތިޔާރު ފޮނުވި 

އެމެރިކާއާއި އިސްރާއީލުން ހިްނގި ސޮލީބީ ސަހުޔޫނީ ހަމަލަތަކުގައި ހަލާކުވެ މަދުވެފައިވާ އިރާނުގެ އަސްކަރީ ކުޅަދާނަކަން އާލާކޮށް ވަރުގަދަކުރުމަށްޓަކައި، ކެސްޕިއަން ކަނޑުގެ ސިއްރު މަގެއް މެދުވެރިކޮށް ރަޝިޔާއިން އީރާނަށް ގޮވާތަކެއްޗާއި، ޑްރޯން ބައިތަކުގެ އިތުރުން ވަޒަން ފޮނުވަމުންދާކަން ހާމަވެއްޖެއެވެ. ޔޫރަޕުގެ ސަރުކާރެއްގެ ސިއްރު ލިޔެކިއުންތަކަކާ ހަވާލާދީ އެންބީސީ ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ސިއްރު އުޅަނދުފަހަރުގައި ޓީއެންޓީއާއި، ޑްރޯން އުފައްދަން ބޭނުންކުރާ ސާމާނުގެ އިތުރުން ބެލިސްޓިކް މިސައިލް އުފެއްދުމަށް ބޭނުންވާ މުހިންމު ބައިތައް ފޮނުވުން ހިމެނެއެވެ.

މި އީ މޮސްކޯއާއި ތެހެރާންގެ އަސްކަރީ ގުޅުމަށް އައި ބޮޑު ބަދަލެކެވެ. މީގެ ކުރިން އިރާނުން ރޫސީވިލާތަށް ޔޫކްރޭން ހަނގުރާމައިގައި ބޭނުންކުރުމަށް ޝަހީދު މަރުކާގެ ޑްރޯންތައް ފޯރުކޮށްދިން ނަމަވެސް، މިހާރު ރޫސީވިލާތުން ދަނީ އިރާނުގެ އަސްކަރީ އާލާތްތައް އަލުން ބިނާކުރުމަށް އެހީތެރިވަމުންނެވެ. ކެސްޕިއަން ކަނޑަކީ ހަމައެކަނި ރޫސީވިލާތް، އިރާން، ކަޒަކިސްތާން، ތުރުކުމެނިސްތާން އަދި އަޒަރުބައިޖާން ހިއްސާކުރާ ސަރަހައްދަކަށްވުމުން، ހުޅަނގުގެ އެއްވެސް ކަނޑުގެ ބާރަކަށް އެ ސަރަހައްދުގެ ކަނޑުގެ މަގުތައް ބެލެހެއްޓުމުގެ ގާނޫނީ ފުރުސަތެއް ނޯވެއެވެ. މީގެ އިތުރުން، އުޅަނދުފަހަރުގެ އޮޓޯމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް ނިއްވާލައިގެން ދަތުރުކުރުމުން އެމެރިކާއަށް ފާރަނުލެވޭ ގޮތަށް މި ތަކެތި އުފުލުމުގެ ފުރުސަތު ލިބިގެންދެއެވެ.

އިރާނުން ދަނީ "ލުކް އީސްޓް" ސިޔާސަތުގެ ދަށުން ރަޝިޔާއާއި ޗައިނާއާއެކު އޮންނަ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރަމުންނެވެ. ރަޝިޔާ ސެޓެލައިޓް އިމޭޖަރީ މެދުވެރިކޮށް އިރާނަށް އެހީތެރިވަމުންދާއިރު، ޗައިނާއިން ދަނީ ބެއިޑޫ ނެވިގޭޝަން ސިސްޓަމާއި ރާޑަރު އަދި މިސައިލް އުފެއްދުމަށް ބޭނުންވާ ރޯ މެޓީރިއަލްސް ފޯރުކޮށްދެމުންނެވެ.

ހިއްސާ ކުރައްވާ!