އައްޑޫ ސިޓީ ކައުންސިލްގެ ކޮރަޕްޝަންގެ 14 މައްސަލަ ތަހުގީގުކުރަން އޭސީސީއަށް ފޮނުވަން ނިންމައިފި

  • މާމެންދޫ ސަރަހައްދުން ބަދަލުދިން ގޮތް
  • ކުއްޔަށް ދޫކޮށްފައިވާ ބައެއް ބިންތަކުގެ މުއްދަތު އިތުރުކޮށްދިނުން
  • ހިތަދޫ އަވަށު އޮފީހަށް ޕިކަޕެއް ހޯދުން
  • ފޭދޫ އަވަށުގެ މުނިސިޕަލް މަސައްކަތަށް ސްނޯކަލް ލިފްޓެއް ގަތުން
  • ވަކި ފަރާތަކަށް މާލީ މަންފާއެއް ހޯދައިދިނުމަށްޓަކައި މަގާމު އުފައްދައި ވަޒީފާ ދިނުން
  • މަރަދޫ މަސްމާރުކޭޓް އެޅުމުގެ ބިޑިން މަރުހަލާ ކުރިއަށް ގެންދިޔަ ގޮތް
  • ކައުންސިލް އިދާރާ މަރާމާތު ކުރުމުގައި އެއްބަޔަކު ހިއްސާވާ ކުންފުންޏަކަށް މަސައްކަތް ހަވާލުކުރުން
  • އެކި އަވަށްތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކަށް އިއުލާނުކުރުމެއް ނެތި ބިން އިތުރުކޮށްދިނުން
  • އެކި ފަރާތްތަކަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ އަދަދެއްގެ ފައިސާ ދޫކުރުން
  • އެއްބަސްވުން އައުނުކޮށް ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ސެކިއުރިޓީ ބަލަހައްޓަން ހަވާލުކުރުން
  • މާލިއްޔަތު ގަވާއިދާ ޚިލާފަށް އަދި އިއުލާނުކުރުމަކާ ނުލައި ގިނަ އަދަދެއްގެ މުދަލާއި ޚިދުމަތް ހޯދާފައިވުން
  • މަރަދޫ ބޮޑުމަގުގައި ތާރުއެޅުމަށް މަގު ލެވެލްކުރުމުގެ ތެރޭގައި، މަގުމައްޗަށް އެރި ގޯތިތަކުގެ ވެރިންނަށް ބަދަލުދިން ގޮތް
މި މައްސަލަތަކާ ގުޅިގެން މަޖިލީހުން ނިންމާފައިވަނީ ކޮރަޕްޝަންގެ އަމަލުތައް އެކުލެވިގެންވޭތޯ ބަލައި ތަހުގީގުކުރުމަށް އޭސީސީއަށް އެންގުމަށެވެ. އަދި ބައެއް މައްސަލަތަކުގެ އަދާހަމަ މައުލޫމާތު 30 ދުވަހުގެ ތެރޭގައި ހިއްސާކުރުމަށާއި، ކުރިއަށްދާ ތަހުގީގުތަކުގެ ތަފްސީލު ކޮންމެ ދެ މަހަކުން އެއްފަހަރު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށްވެސް ވަނީ އަންގާފައެވެ. އޮޑިޓް ރިޕޯޓުތަކުން ފާހަގަވެފައިވާ ކަންކަމުގެ ތެރެއިން ފުލުހުންގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލްގެ 2022 އަދި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓާއި، 2024 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުގައިވާ ޖިނާއީ މައްސަލަތައް އޭސީސީއާއި ފުލުހުން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ތަހުގީގުތައް ނިންމުމަށްފަހު އެކުލަވައިލާ ރިޕޯޓުތައް މަޖިލީހާ ހިއްސާކުރަން ޖެހޭނެ ކަމަށް ވެސް މާލިއްޔަތު ކޮމިޓީގެ ނިންމުމުގައިވެއެވެ.އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަނުގެ އަމަލުތަކަށް ތުހުމަތުކުރެވޭ 14 މައްސަލައެއް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެދުވެރިކޮށް ތަހުގީގުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާހަގަކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ ކައުންސިލުގެ 11 އޮޑިޓް ރިޕޯޓެއް ދިރާސާކުރުމަށްފަހު އެކުލަވައިލި ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ބަހުސްކުރުމަށްފަހުގައެވެ. މާލިއްޔަތު ކޮމިޓީން ދިރާސާކޮށްފައިވަނީ 2012 ވަނަ އަހަރުގެ އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓުގެ އިތުރުން، 2015 އިން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް އެކުލަވައިލާފައިވާ އެ ކައުންސިލުގެ އެކި އަހަރުތަކުގެ އޮޑިޓް ރިޕޯޓުތަކެވެ.

އޮޑިޓް ރިޕޯޓުތަކާ ގުޅިގެން ތަހުގީގުކުރުމަށް ފާސްކުރި މައިގަނޑު މައްސަލަތައް:

  • މާމެންދޫ ސަރަހައްދުން ބަދަލުދިން ގޮތް
  • ކުއްޔަށް ދޫކޮށްފައިވާ ބައެއް ބިންތަކުގެ މުއްދަތު އިތުރުކޮށްދިނުން
  • ހިތަދޫ އަވަށު އޮފީހަށް ޕިކަޕެއް ހޯދުން
  • ފޭދޫ އަވަށުގެ މުނިސިޕަލް މަސައްކަތަށް ސްނޯކަލް ލިފްޓެއް ގަތުން
  • ވަކި ފަރާތަކަށް މާލީ މަންފާއެއް ހޯދައިދިނުމަށްޓަކައި މަގާމު އުފައްދައި ވަޒީފާ ދިނުން
  • މަރަދޫ މަސްމާރުކޭޓް އެޅުމުގެ ބިޑިން މަރުހަލާ ކުރިއަށް ގެންދިޔަ ގޮތް
  • ކައުންސިލް އިދާރާ މަރާމާތު ކުރުމުގައި އެއްބަޔަކު ހިއްސާވާ ކުންފުންޏަކަށް މަސައްކަތް ހަވާލުކުރުން
  • އެކި އަވަށްތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކަށް އިއުލާނުކުރުމެއް ނެތި ބިން އިތުރުކޮށްދިނުން
  • އެކި ފަރާތްތަކަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ އަދަދެއްގެ ފައިސާ ދޫކުރުން
  • އެއްބަސްވުން އައުނުކޮށް ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ސެކިއުރިޓީ ބަލަހައްޓަން ހަވާލުކުރުން
  • މާލިއްޔަތު ގަވާއިދާ ޚިލާފަށް އަދި އިއުލާނުކުރުމަކާ ނުލައި ގިނަ އަދަދެއްގެ މުދަލާއި ޚިދުމަތް ހޯދާފައިވުން
  • މަރަދޫ ބޮޑުމަގުގައި ތާރުއެޅުމަށް މަގު ލެވެލްކުރުމުގެ ތެރޭގައި، މަގުމައްޗަށް އެރި ގޯތިތަކުގެ ވެރިންނަށް ބަދަލުދިން ގޮތް
މި މައްސަލަތަކާ ގުޅިގެން މަޖިލީހުން ނިންމާފައިވަނީ ކޮރަޕްޝަންގެ އަމަލުތައް އެކުލެވިގެންވޭތޯ ބަލައި ތަހުގީގުކުރުމަށް އޭސީސީއަށް އެންގުމަށެވެ. އަދި ބައެއް މައްސަލަތަކުގެ އަދާހަމަ މައުލޫމާތު 30 ދުވަހުގެ ތެރޭގައި ހިއްސާކުރުމަށާއި، ކުރިއަށްދާ ތަހުގީގުތަކުގެ ތަފްސީލު ކޮންމެ ދެ މަހަކުން އެއްފަހަރު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށްވެސް ވަނީ އަންގާފައެވެ. އޮޑިޓް ރިޕޯޓުތަކުން ފާހަގަވެފައިވާ ކަންކަމުގެ ތެރެއިން ފުލުހުންގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލްގެ 2022 އަދި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓާއި، 2024 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުގައިވާ ޖިނާއީ މައްސަލަތައް އޭސީސީއާއި ފުލުހުން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ތަހުގީގުތައް ނިންމުމަށްފަހު އެކުލަވައިލާ ރިޕޯޓުތައް މަޖިލީހާ ހިއްސާކުރަން ޖެހޭނެ ކަމަށް ވެސް މާލިއްޔަތު ކޮމިޓީގެ ނިންމުމުގައިވެއެވެ.
ހިއްސާ ކުރައްވާ!