އިސްރާއީލުގެ ބޮޑުވަޒީރު ޖެނޮސައިޑް އިންޖިނޭރު ނެތަންޔާހޫގެ ދަރި ޔާއީރު މަރާލަން ބަޔަކު ރާވަމުންދާ ކަމަށް ބުނެ ކުއްލިއަކަށް އެމެރިކާގެ ފްލޮރިޑާއިން އޭނާ އިސްރާއީލަށް ގެނަސްފިއެވެ.
އިންތިޚާބާ ދިމާކޮށް ކެމްޕޭންގައި އުޅެމުން ނަތަންޔާހޫ ބުނަނީ އޭނާގެ ދަރިން މަރާލަން އީރާނުން ރާވަމުންދާ ކަމަށެވެ،. އޭނާގެ މިވާހަކައަކީ އިންތިޚާބުގައި ސަޕޯޓު ހޯދަން ދައްކާ ފުލޯކު ވާހަކަތަކެއް ކަމަށް އީރާނުން ބުނެއެވެ.
އިސްރާއީލުގެ ސަލާމަތީ ޚިދުމަތް، ޝިން ބެތުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ނަތަންގެ ދަރިއަށް އަމާޒުކޮށް ވަރުގަދަ ނުރައްކާތަކެއް ކުރިމަތިވެފައި ވެއެވެ. އަދި އޭނާ ވަނީ ވަގުތީ ގޮތުން އެމެރިކާއިން ކުއްލި ގޮތަކަށް އަނބުރާ ގެނެސްފައެވެ. އެމެރިކާގެ މިއާމީގައި ދިރިއުޅެމުންދިޔަ ޔާއީރަށް އަމާޒުކޮށް އީރާންގެ ކޮމާންޑޯންނާއި ޖާސޫސީ ފަރާތްތަކުން ޙަމަލާދޭން ރާވާފައިވާކަމަށް އެމެރިކާގެ ނޫސްތަކާއި ޖާސޫސީ ރިޕޯޓުތަކުން ބުނެފައިވެއެވެ.







