އިސްރާއީލުގެ ޖެނޮސައީޑް ޔަހޫދީ ސިފައިން، އިރުމަތީ ގުދުސްގެ އުތުރުން އޮންނަ ކަފްރު އަގަބް އަދި ގަލަންދިއާ ރެފިއުޖީ ކޭމްޕުގައި ހުންނަ ރެފިއުޖީންނާ ބެހޭ އޭޖެންސީ އޮންރުއާގެގެ މަރުކަޒަށް ވަދެގަނެ، އެ ތަނުގައި ތިބި މުވައްޒަފުން ނެރެ މަރުކަޒު ހުސްކުރުވައިފިއެވެ. އަދި އެ މަރުކަޒު ތަޅާލައި، ހަލާކުކޮށްލުމުގެ އޮޕަރޭޝަނެއް ޔަހޫދީ ސިފައިން ވަނީ ފަށާފައެވެ.
ޖެނޮސައިޑް ޔަހޫދީ ސިފައިން ވަނީ ގަލަންދިއާގެ ކޭމްޕަށް ވަދެ، އެ ސަރަހައްދުގެ މައި މަގުތަކާއި ގުދުސްއަށް ވަދެވެން އޮންނަ މަގުތައް ބަންދުކޮށްފައެވެ. އަދި އޮންރޫއާގެ ވޮކޭޝަނަލް ޓްރޭނިން ސެންޓަރުގައި ތިބި މުވައްޒަފުން އެ ތަނުން ނެރެ، އަލުން އެ ތަނަށް ނުވަނުމަށް ވަނީ އަންގާފައެވެ.
މި ކަމާ ގުޅިގެން އިސްރާއީލުގެ ޓެރަރިސްޓް މިނިސްޓަރު އިތަމާރް ބެން-ގްވީރު ބުނީ ގުދުސްގައި ހުރި އޮންރުއާގެ މަރުކަޒު ހުސްކުރުމުގެ އޮޕަރޭޝަން އުފަލާއެކު ކުރިއަށް ގެންދާ ކަމަށެވެ.
މި ހާދިސާ ހިނގަމުންދިޔަ ވަގުތު، ޔަހޫދީންގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސުފީ ސޮކާ، ވަނީ ވަޒަންވެރިންގެ ގްރޫޕަކާއެކު ސިފައިންގެ ރައްކާތެރިކަމުގައި ނާބުލުސްގެ ދެކުނުގައިވާ ފަލަސްޠީނު މީހުންގެ ހަނދާނީ ބިނާއެއްވެސް ތަޅާލާފައެވެ.






