ޓްރަމްޕް ކަނޑުއޮޅި: ބޮލު ރޮދި ކެނޑިފައި ހުރި ކަމުގެ ހެލި!

ސޮލީބީ ހަނގުރާމައިގެ ތެރެއިން، ހުރުމުޒުގެ ނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަމާ ގުޅުވައިގެން "ޓްރަމްޕް ކަނޑުއޮޅި" އަށް ބަދަލުކުރުމަށް ހުށަހަޅުއްވައިފިއެވެ. މޮޔަކަންކަން ކުރުމަށް މަޝްހޫރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހުށަހެޅުއްވުން ހާމަކުރެއްވީ އެމަނިކުފާނުގެ އަމިއްލަ އިޖުތިމާޢީ މަންސަ ޓްރޫތު ސޯޝަލްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މި ނަން ބަދަލުކުރުމުގެ ޚިޔާލު ފާޅުކުރައްވާފައިވަނީ، ކެނެޑާ ސަރުކާރާ އެކު ޒުވާބުކޮށް އޮންޓޭރިއޯ ފަރުބަދަ ކައިރީގައި އޮންނަ އޮންޓޭރިއޯ ލޭކް "ލޭކް އެމެރިކާ" ގެ ނަމަށް ބަދަލުކުރެއްވުމަށް ޚާއްޞަ ޤަރާރެއްގައި ސޮއިކުރިތާ ހަފުތާއެއްވެސް ނުވަނީހެވެ.

މިކަމާ ގުޅިގެން ވައިޓް ހައުސް އިން ފަހުން ވަނީ ހުރުމުޒު ކަނޑުއޮޅީގެ ނަން "ޓްރަމްޕް ސްޓްރެއިޓް" ގެ ގޮތުގައި މެޕެއްގައި ފާހަގަކޮށް އާންމުކޮށްފައެވެ. އަދި އެއީ އަޑުއަހާލަން ހިތްގައިމު ނަމެއް ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް، ޤައުމުތަކުގެ މެދުގައި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްފައިވާ މިފަދަ ޖިއޮގްރަފީ ސަރަޙައްދުތަކުގެ ނަންތައް ޚުދު މުޚުތާރު ގޮތަކަށް ބަދަލު ކުރުމަށް ރައީސް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތަކީ ވަރަށް ފޭކު ކަމެއް ކަމާމެދު ގިނަ ބަޔަކު ދެއެވެ.

މި މައްސަލާގައި ވައިޓް ހައުސްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ޓްރަމްޕް ވަނީ މިއީ ސީރިއަސްކޮށް ވިސްނައިގެން ކުރެއްވި ކަމެއް ނޫންކަމަށް އިޝާރާތްކުރައްވާފައެވެ. "ނޫން، ނޫން… އެއީ ހަމަ އުކާލެވުނު ޚިޔާލެއް،" ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ތެޔޮ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި މުހިންމު ކަނޑު އޮޅީގެ ކޮންޓްރޯލް އީރާނަށް ގެއްލިފައިވާ ކަމަށް އެމެރިކާގެ ސަރުކާރުން ބުނެއެވެ. ނަމަވެސް، އެ ސަރަޙައްދުގައި އަދިވެސް ބާރު ދައްކާ ގައުމަކީ އީރާނެވެ.

ހިއްސާ ކުރައްވާ!