އީރާނުގެ މަލާމާތް އެމެރިކާއަށް: "ޙަބީބީ، އަންކަލް ސޭމް، އީރާނަށް އާދޭ!"

އެމެރިކާއިން އީރާނާ ދެކޮޅަށް ނަފްސާނީ ހަނގުރާމައެއް ފަށާފައިވާ އިރު އީރާނުން ވަނީ އެމެރިކާއަށް މީސްމީޑިއާގައި މަލާމާތް ކޮށް ރޭރުވާލުމުގެ ހަމަލާތައް އިތުރު ކޮށްފައެވެ.

އެފްރިކާގެ ސިއެރާލިއޯންގައި ހުންނަ އީރާނުގެ އެމްބަސީން އޮންލައިން މީސް މީޑިއާގައި ޙިއްޞާކުރި ޚާއްޞަ ޕޯސްޓެއްގައި، އެމެރިކާ ރަމްޒުކޮށްދޭ "އަންކަލް ސޭމް" އަށް އީރާނަށް އައުމަށް ގޮވާލައި މަލާމާތްކޮށްފައިވެއެވެ. މި ޕޯސްޓުގައި އީރާނު އެމްބަސީން ބުނެފައި ވަނީ "ޙަބީބީ، އަންކަލް ސޭމް، އީރާނަށް އާދޭ!" މި ފަދައިން ނެވެ.

މި ޕޯސްޓާ އެކު 35 ސިކުންތުގެ އެނިމޭޓެޑް ވީޑިއޯއެއް ވަނީ ޢާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ ހުރުމުޒު ކަނޑުއޮޅީގެ 3ޑީ ޗާޓެއްގައި މަޝްހޫރު "މައިންސްވީޕަރ" ގޭމް ކުޅޭ މަންޒަރެވެ. މިއީ އެ ކަނޑުއޮޅީގައި ކަނޑުއަޑީގެ މައިން ގޮއްވާ ތަކެތި ނައްތާލުމަށް އެމެރިކާ ސިފައިން ކުރަމުންދާ މަސައްކަތްތަކަށް ނިޞްބަތްކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯއެކެވެ.

އީރާނުން އެމެރިކާއަށް މަލާމާތް ކޮށް ތައްޔާރު ކުރާ މިފަދަ މީސްމީޑިއާގެ މަސައްކަތަކީ އާންމުންގެ މެދުގައި ވަރަށް މަގްބޫލު ތަކެއްޗެވެ.

ހިއްސާ ކުރައްވާ!