ދުނިޔޭގެ އެންމެ ތަޖުރިބާކާރު ޑިޕްލޮމެޓް ސަރގޭ ލަވްރޯވް އަކީ ދިވެހި ބަހަށް ފަރިތަ ބޭފުޅެއް

ބައިނަލްއަގްވާމީ ސިޔާސީ މަސްރަހުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި މި ވަގުތު ދުނިޔޭގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓް ކަމަށްވާ ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގޭ ލަވްރޯވް އަކީ ދިވެހި ބަހަށް ފަރިތަ ބޭފުޅެއް ކަމަށް ޔުކްރެއިންއަށް ސަޕޯޓު ކުރާ މީޑިއާއިން ހާމަ ކޮށްފިއެވެ. ދުނިޔޭގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ރޫޓުތަކާއި ރަޝިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ގެނެސްދިން ރިޕޯޓެއްގައި ޔުކްރޭނަށް ތާއީދުކުރާ މީޑިއާއިން ފާހަގަކޮށްފައިވާ މި ތަފުސީލަކީ ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް ލިބުނު ފަޚުރަކާއި ބޮޑު ހައިރާންކަމެއް ގެނުވި ކަމެކެވެ. ރާއްޖެއާ ދުރު ސަރަހައްދެއްގެ ގައުމެއް ކަމަށްވާ ރަޝިޔާ އަދި ދުނިޔޭގެ ބޮޑު ބާރުގެ އެންމެ ތަޖުރިބާކާރު ޑިޕްލޮމެޓާ ދިވެހިބަސް ގުޅުވައި ލުމުން ދިވެހިންނަށް ހައިރާން ކަމެއް ލިޞޭނެއެވެ. އަދި އެއީ މި ގައުމަށާއި ބަހަށް ލިބޭ ޝަރަފެއްވެސް މެއެވެ.

ލަވްރޯވް އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ދެކުނު އޭޝިއާގެ ސަރަހައްދަށް އޭނާ ކޮށްދެއްވާފައިވާ ޚިދުމަތާއި، 1972 ވަނަ އަހަރު މޮސްކޯގެ ސްޓޭޓް އިންސްޓިޓިއުޓް އޮފް އިންޓަރނޭޝަނަލް ރިލޭޝަންސްއިން ތައުލީމު ހާސިލުކުރެއްވުމަށްފަހު، ސްރީލަންކާގައި ހުންނަ ސޮވިއެޓް އެމްބަސީގައި މަސައްކަތްޕުޅު ކުރެއްވި ދުވަސްވަރު ދަސްކުރެއްވި ސިންގަޅަ ބަހާއި ދިވެހި ބަހުގެ ސަބަބުނެވެ. ނަމަވެސް، އޭނާގެ ބަހުގެ ގާބިލުކަމުގެ ތެރޭގައި ދިވެހިބަސް ހިމެނުމަކީ ރާއްޖެއާއި ބައިނަލްއަގްވާމީ ޑިޕްލޮމެޓިކް ތާރީޚު ގުޅުވައިދޭ ވަރަށް ޚާއްސަ ފާލެކެވެ.

https://etruth.mv/the-worlds-most-experienced-diplomat-and-his-connection-to-dhivehi/

ދުނިޔޭގެ ޑިޕްލޮމެޓިކް އާއިލާއިން ދެބަސް ނުވާނެފަދައިން ލަވްރޯވްއަކީ ދުނިޔޭގެ މަސްރަހުގައި އެންމެ ނުފޫޒުގަދަ ޑިޕްލޮމެޓެވެ. 2004 ވަނަ އަހަރުން ފެށިގެން ރަޝިޔާގެ ޚާރިޖީ ވަޒީރުގެ މަގާމު ފުރުއްވަމުންގެންދަވާ ލަވްރޯވްއަކީ، އދ. ގައި ރަޝިޔާ ތަމްސީލުކުރެއްވި ޑިޕްލޮމެޓެވެ. އަދި ޒަމާނީ ރަޝިޔާގެ ޚާރިޖީ ވަޒީރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާއެވެ. އދ. ގައި ހުންނަވާ އެމެރިކާގެ ކުރީގެ ސަފީރު ރިޗަރޑް ހޯލްބްރުކް އޭނާ ސިފަކުރައްވާފައިވަނީ މިޒަމާނުގެ އެންމެ މޮޅު އެއް ޑިޕްލޮމެޓުގެ ގޮތުގައެވެ.

ލާވްރޯވްއަކީ އާރމީނިއާގެ ޝާހީއާއިލާއަށް ބައްޕަގެ ފަރާތުން ނިސްބަތްވެ ވަޑައިގަންނަވާ ޖޯޖިއާގެ ތިބްލީސީއަށް އުފަްނ ބޭފުޅެކެވެ.

ރަސްމީ ބައްދަލުވުންތަކާއި ސަމިޓްތަކުން ބޭރުގައި، އޭނާއަކީ ގިނަ ބަސްތައް ދެނެވަޑައިގަންނަވާ، ފުޓުބޯޅައަށް ލޯބިކުރައްވާ އަދި މަޖާ ވާހަކަތައް ހަނދާނުގައި ބަހައްޓަވާ ޝަޚުޞިއްޔަތެކެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީގައި އޭނާ މަޝްހޫރުވެވަޑައިގެންފައި ވަނީ މޭޒުމަތި ސާފުކޮށް ވަހައްޓަވާ ވަޒީރެއްގެ ގޮތުގައެވެ. މާނައަކީ ދުވަހުގެ ނުނިމޭ އެއްވެސް މައްސަލައެއް އަނެއް ދުވަހަށް އޭނާގެ މޭޒުކޮޅުގައި ނޯންނާނެއެވެ.

ލާވްރޯވް ދިވެހިބަސް ދެނެވަޑައިގަންނަވާކަން ހާމަވުމަކީ ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ.

ހިއްސާ ކުރައްވާ!