އިންޑިއާއާއި ލަކްޒަމްބަރގްއާ ދެމެދު އޮތް ވިޔަފާރީގެ ބައިވެރިވުމަށް އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ތަޢުރީފުކުރައްވައިފިއެވެ. ޖަޔަޝަންކަރު ސިފަކުރެއްވި ގޮތުގައި ސަޕްލައި ޗޭން ރެޒިލިއެންސާއި އިޤްތިޞާދު ސިންދަފާތުކުރުމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުމަކީ ބޮޑެތި ފުރުސަތުތަކެއް ހުރި "ވަރަށް އިތުބާރު ކުރެވޭ ގުޅުމެއް" ކަމަށެވެ.
ލަކްޒަމްބަރގްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޒެވިއާ ބެޓެލް ނިއުދިއްލީއަށް ކުރައްވާ ދަތުރުފުޅުގައި ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ވަނީ ބާއްވާފައެވެ. އެ ބައްދަލު ވުމުގައި ޖައިޝަންކަރު ފާހަގަކުރެއްވި ގޮތުގައި، މި ދަތުރުފުޅުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ވެގެންދާ ކަން ހާމަވެގެންދެއެވެ. އަދި އީޔޫއާއި އިންޑިއާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ލަކްޒަމްބަރގުން ދެމުންދާ ތާއީދަށް ޖަޔަޝަންކަރު ޝުކުރުއަދާކުރެއްވިއެވެ.
"ޢާންމުކޮށް ޔަޤީންކަން ނެތް ކަންކަމާއި ޙާލަތު ގޯސްވަމުންދާ ކަންކަމާމެދު ކަންބޮޑުވާ ޒަމާނެއްގައި، އަޅުގަނޑުމެންގެ ގުޅުމަކީ ވަރަށް އިތުބާރު ކުރެވޭ ގުޅުމެއް ކަމުގައި ޤަބޫލުކުރަން. މިއީ ސަޕްލައި ޗޭން ރެޒިލިއެންސާއި، ސިންދަފާތަ ކުރުމުގެ އިތުރުން، ޔޫރަޕާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަސްދީގުކުރުމާއެކު، ކުރިއަށް އޮތް މުސްތަޤުބަލުގައި އައު އުސްމިންތަކަކަށް ގުޅުން ކުރިއަށް ދާނެ ކަމަށް އުންމީދުކުރެވޭ މަސައްކަތެއް،" ޖައިޝަންކަރު ވިދާޅުވިއެވެ.
ފާއިތުވި އަހަރުތަކުގައި މަތީ ފެންވަރުގެ މުޢާމަލާތްތައް ދެ ގައުމުގެ ދެމެދު އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ޖަޔަޝަންކަރު ވިދާޅުވީ، ދެ ސަރުކާރުން މިހާރުދަނީ ޖައްވީ ދާއިރާގެ ހޯދުންތަކާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އަދި ފެހި ޓެކްނޮލޮޖީ ފަދަ ކުރިއަރާފައިވާ ދާއިރާތަކުން އެއްބާރުލުން ދިނުން ހީވާގި ކަމާއެކު ފުޅާކުރަމުންނެވެ.







