ބޮޑުވަޒީރު އެންޑީ ބާނަމްގެ ބައްޕަ އަވަހާރަވުމާ ގުޅިގެން ރަސްމީ މަސައްކަތްތައް މެދުކަނޑާލައްވައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާނަމްގެ ބައްޕަ ރޮއި ބާނަމް އުމުރުފުޅުން 86 އަހަރުގައި އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ދެ ދުވަހުގެ ރަސްމީ ހުރިހާ މަސައްކަތްތަކާއި ބައްދަލުވުންތައް މެދުކަނޑާލައްވައިފިއެވެ. ބޮޑުވަޒީރުގެ އޮފީހުން ހޯމަ ދުވަހު ނެރުނު ރަސްމީ ބަޔާނެއްގައިވާ ގޮތުން، ބައްޕަ އަވަހާރަވުމާ ގުޅިގެން ހޯމަ އަދި އަންގާރަ ދުވަހަށް ރާވާފައި އޮތް އެންމެހާ ރަސްމީ ހަރަކާތްތައް ވަނީ ކެންސަލްކޮށްފައެވެ.ރިޕޯޓުތައް ބުނާގޮތުން، އުމުރުން 86 އަހަރުގެ ރޮއި ބާނަމް އަވަހާރަވިއިރު އުޅުއްވަމުން ގެންދެވީ އަލްޒެއިމާ ބައްޔާ އެކުގައެވެ. އެ ބަލީގެ ސަބަބުން ކެއާ ހޯމެއްގައި ދިރިއުޅުއްވަމުން ގެންދެވި ރޮއި ބާނަމްއަށް، މިދިޔަ ޖުލައި މަހު ދަރިކަލުން އެންޑީ ބާނަމް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިކަން އެނގިވަޑައިގެންފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން މިދިޔަ ހޫނު މޫސުމުގެ ތެރޭގައި "ދަ ޓައިމްސް" އަށް ދެއްވި އިންޓަވިއުއެއްގައި ބޮޑުވަޒީރު ވިދާޅުވެފައިވަނީ، އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

ހިއްސާ ކުރައްވާ!