ޓްރަމްޕްގެ ރަނިންމޭޓުގެ ހަޔާތުގެ ބައިވެރިއަކީ އިންޑިއާ މީހެއް

“ޓްރަމްޕްގެ ރަނިންގމޭޓާއެކު ފެންނަ އިންޑިއާ ދަރިކޮޅުގެ އަންހެން މީހާއާ މެދު މީހުން ސުއާލު އުފައްދައިފިއެވެ. ޓްރަމްޕްގެ ރަނިންމޭޓަކަށް އިޚުތިޔާރުކޮށްފައި ވަނީ ޑީޖޭ ވޭންސް އެވެ. އޭނާ ބުނެފައި ވަނީ އަހަރެންގެ ކޮނޑުމަތިން މިފެންނަނީ އަހަރެން ކުރަންވާ ކަންތައްތަކާއި ނުކުރަންވާ ކަންތައްތައް އަހަރެންނަށް ކިޔައިދޭ މީހާއެވެ. އަދި އޭނާ ބުނިގޮތުގައި އަންހެނުން ބާރުވެރި ކުރުމަކީ އޭނާ ގަބޫލުކުރާ ކަމެކެވެ.

ވޭންސްގެ ހަޔާތުގެ ބައިވެރިޔާއަކީ ހިންދި ދީނުގެ އިންޑިއާ ދަރިކޮޅުގެ މީހެކެވެ. އެއަންހެން މީހާއަކީ އުޝާ ޗިލޮކުރީ އެވެ.

ޖުލައި 15 ވަނަ ދުވަހު ބާއްވާފައިވާ ރިޕަބްލިކަން ޕާޓީގެ ގައުމީ ކޮންވެންޝަންގައި ވެސް ދެމީހުން އަތުގައި ހިފައިގެން ތިބިތަން ފެނިގެން މީޑިއާއިން އެކަން ރިޕޯޓުކޮށްފައި ވެއެވެ.

މި ދެމަފިރިން ލޯބީގެ ގޮތުން ގުޅުނީ ޔޭލް ޔުނިވާސިޓީގައި ކިޔަވަމުން ދިޔަ ދުވަސްވަރު 2010ގައެވެ. އޭގެ ހަތަރު އަހަރުފަހުން ދެމީހުން ކައިވެނި ކުރީއެވެ.

 

ހިއްސާ ކުރައްވާ!