މަސްކުގެ ނުރުހުން ކަމެލާ ހެރިސްއަށް

ބިލިއަނަރު ވިޔަފާރިވެރިޔާ އެލޮން މާސްކް ވަނީ ކަމެލާ ހެރިސްއަށް މަލާމާތް ކޮށްފައެވެ. މަސްކު ވަނީ ނުކުޅެދުންތެރިކަން ހުންނަ ބަޔަކާ، އެމެރިކާގެ ނާއިބް ރައީސް ހެރިސް ބައްދަލު ކުރެއްވި ވީޑިއޯއެއް ޓުއިޓާގައި ހިމަނައިފައެވެ.

އެވީޑިއޯއަށް އިޝާރާތް ކުރަމުން އޭނާ ލިޔެފައި ވަނީ “ވިސްނާލާ! މިއާއެކު 4 އަހަރު އުޅެން!” މިފަދައިންނެވެ.

މަސްކުގެ މި މަލާމާތް ރައްދުކޮށްފައި ވަނީ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އޭނާގެ ނާއިބް ހެރިސް އެންޑޯސް ކުރެއްވުމާ ގުޅިގެންނެވެ.

އެ ވީޑިއޯއަކީ 2022 ވަނަ އަހަރުގެ ވީޑިއޯއެކެވެ. އޭގައި ހެރިސް އަމިއްލައަށް ތައާރަފް ވަމުން ވިދާޅުވެފައި ވަނީ “އަހަންނަކީ ކަމަލާ ހާރިސް، އަހަންނަކީ ސޫޓެއް ލައިގެން މޭޒުދޮށުގައި އިށީނދެގެން އިން އަންހެނެއް” ކަމަށެވެ.

 

ހިއްސާ ކުރައްވާ!