ޕާޒާޚްޝިޔާންގެ މެހުމާނުންގެ ނުތަނަވަސްކަމާއި އޭނާގެ ޤައުމުގެ އިތުބާރު ނެގެހެއްޓުން

މަސްޢޫދު ޕާޒާޝްކިޔާން، އީރާންގެ ރައީސްގެ މަޤާމަށް ހުވައި ކުރެއްވުމަށްފަހު ދެއްވި އެންމެ ފުރަތަމަ ތަޤްރީރުގައި ވިދާޅުވީ، އީރާންގެ ސަރަޙައްދުގެ އިސްތިޤްލާލާއި ޙިމާޔަތަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭނާގެ މި ބަސްފުޅަށް 24ގަޑިއިރުވެސް ނުވަނީސް އޭނާގެ ޤައުމުގައި، ރައްކާތެރި އަމާން މަރުކަޒެއްގައި ޤާއިމްވެ ހުންނެވި އޭނާގެ ޚާއްޞަ މެހުމާނަކު، ޒަޔަނިސްޓު ޓެރަރިސްޓް އަމަލެއްގައި ވަނީ އަވަހާރަކޮށްލާފައެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރާ އިސްލާމީ ޙަމާސް ޖަމާޢަތުގެ ލީޑަރު އިސްމާޢީލް ހަނިއްޔާ، ޒަޔަނިސްޓް ޓެރަރިސްޓް ޙަމަލައެއްގައި އަވަހާރަކޮށްލުމުން، ޕާޒާކްޝިޔާންގެ މެހްމާންދާރީގައި ތިއްބެވި އެތައް ޤައުމެއްގެ 110 މަސްއޫލުވެރިންނާއި އެޤައުމުތަކަށް އިޙުސާސް ވެގެން ދިޔައީ އެޤައުމުތަކުގެ އެންމެ އިސް ޑިޕްލޮމެޓުންނަށް އީރާނުގައި އޮތް ނުރައްކަލެވެ. އީރާނަށް ސަލާމަތީ ކަންކަން ފޯރުވައި ދިނުމުގެ ނުކުޅެދުންތެރިކަމެވެ!

ވެރިކަމުގެ މަޤާމާ ހަވާލުވެވަޑައިގަތް އެންމެ ފުރަތަމަ ދުވަހުވެސް ޑރ. ޕާޒާކްޝިޔާނަށް ކުރިމަތިލައްވަން ޖެހިވަޑައިތީ މާޔޫސީއާއި ނުތަނަވަސްކަމާއެވެ. މިހާރު އޭނާގެ ކުރިފުޅުމަތީގައި އޮތީ އޭނާގެ މެހްމާންދާރީގައި ހުރި ޢިއްޒަތްތެރިއެއް އަވަހާރަކޮށްލި ޙާދިސާއަށް އެދެވޭ މުނާސިބު ބަދަލެއް ހިފުމާއެކު، ނާމާން ސަރަޙައްދެއްގައި، އޭނާގެ ޤައުމުގެ ސަލާމަތީ ބާރުވެރިކަން ކަށަވަރުކޮށް ދެއްވުމެވެ.

އީރާނުގެ ސިފައިންގެ އެންމެ އިސްވެރިޔާއަކީ، ދީނީ މުރުޝިދު، އިމާމް ޢަލީ ޚާމަނާއިއެވެ. ޚާމަނާއި ވިދާޅުވެފައި ވަނީ އީރާނަށް ދިން ޙަމަލާގެ ބަދަލު އިޒްރޭލު ކިބައިން ހިފާނެ ކަމަށެވެ. ދުނިޔޭގެ މީހުން ކުރާ ސުއާލަކީ ކޮން އިރަކު ހެއްޔެވެ؟

ހިއްސާ ކުރައްވާ!