ކުކުޅު ތޯ ދޮށީ ބިސްތޯ ދޮށީ؟ ބަހުސްގައި އެކަކު މަރާލައިފި

އިންޑޮނޭޝިއާގައި ރާ ބޯން ތިބެގެން ދެމީހަކު ކުރަމުން ދިޔަ ކުކުޅު ތޯ ދޮށީ ބިސް ތޯ ދޮށީ ބަހުސްގައި ރުޅިގަދަވެގެން ވަޅިން ހަމަލަ ދީ މީހަކު މަރާލައިފިއެވެ. ދެކުނު ސުލާވޭސީގެ އަވަށެއްގައި މި ދިޔަ މަހުގެ 24ގައި ހިނގި ހާދިސާގައި ކާދިރް ނަމަކަށް ކިޔާ މީހާ މަރާލާފައި ވަނީ 14 ފަހަރަށް ވަޅި ހަރައިގެންނެވެ.

މި ޖަރީމާ ހިންގި ޑީ.އާރް ކަމަށް ފުލުހުން ބުނެފައިވާ ޤާތިލަކީ ކާދިރު ގެ ރައްޓެއްވެސް ނޫނެވެ. ދެމީހުން ބައްދަލުވީ ބަނގުރާ ބޯ ތަނަކުންނެވެ. މަސްތުވަމުން ބަހުސްކުރަކުން ގޮސް ކުކުޅު ތޯ ދޮށީ ބިސް ތޯ ދޮށީގެ ބަހުސްގައި ޒުވާބު ގަދަވެގެން ރުޅިގަދަވެފައިވާ ޑީ.އާރް ގެއަށް ގޮސް ޖަންބިޔާއެއް ހިފައިގެން އައިސް ކާދިރުގެ ގަޔަށް ވަޅިހަރައި އޭނާ މަރާލީއެވެ.

ފުލުހުން ވަނީ ޑީ.އާރް ހައްޔަރުކޮށްފައެވެ. އަދި އޭނާ އެ ޖަރީމާ ހިންގި އިރު ލައިގެން ހުރި ހެދުންތަކާއި އޭނާގެ ޖަންބިޔާވެސް ފުލުހުން ވަނީ ހޯދައިގެންފައެވެ.

ހިއްސާ ކުރައްވާ!