ޑިޖިޓަލް ޓެކްނޮލޮޖީން ފަގީރުކަން ނައްތާލި ގޮތް

ހަލުއިކަމާއެކު ތަރައްޤީ ބޭނުންވާނަމަ، އަދި ފަޤީރުކަން އަވަހަށް ނައްތާލަން ބޭނުންވާނަމަ، ސުމޭކް ޓެކްނޮލޮޖީއަކީ އެކަމަށް އޮތް މަގެވެ! އދގެ 78 ވަނަ ޢާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ޑެނިސް ފްރޭންސިސް ވިދާޅުވީ، އިންޑިއާއިން ވަނީ ސުމޭކް ޓެކްނޮލޮޖީ ބޭނުންކޮށްގެން 800 މީހުން ފަޤީރުކަމުން ސަލާމަތްކޮށްދީފައި ކަމަށެވެ.

މި ހަލުއި ތަރައްޤީ ޙާސިލުވެ ފައިވަނީ، މިދިޔަ 5-6 އަހަރުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. މި 800 މިލިއަން މީހުންގެ ދިރިއުޅުން ބަދަލުކޮށްލާފައި ވަނީ ސްމާޓް ފޯނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކުރިމަގުގައި އިތުރު އަވަސް ތަރައްޤީ ބޭނުންވާ ދާއިރާއަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އަންނަން އޮތް ޖީލުތައް ބަނޑުހައި ހޫނުކަމާ ކުރިމަތިލާން ނުޖެހޭ ގޮތަށް ނިޒާމުތައް ބައްޓަން ކުރަން ޖެހޭނެ ކަމަށެވެ.

ފްރޭންސިސް ވިދާޅުވީ އިންޑއާގެ ރަށްފުށުގެ ހިސާބުތަކުގައި މީހުން އަމިއްލަ ވަޒަނުގައި ތިބެގެން، މޮބައިލް ފޯނު ބޭނުންކޮށްގެން ފައިސާ ފޮނުވައި ލިބިގަނެ، ބިލުތައް ދައްކައި ހަދާ ކަމަށެވެ. އިންޑިއާގެ މިކާމިޔާބީއަކީ ދުނިޔޭގެ ދެކުނުގެ ބިތުގެ ޤައުމުތަކުން ފިލާވަޅު ލިބިގަންނަންވީ ކަމެއްކަމަށް ވިދާޅުވެ، އިންޑިއާގެ ދަނޑުވެރިން ރަށްފުށުގައި ތިބެގެން ބެންކު އެކައުންޓު ހުޅުވައި ބެންކު މުޢާމަލާތް ކުރާ ގޮތަށްވެސް އޭނާ އަލިއަޅުވައި ލެއްވިއެވެ.

އިންޑިއާއިން ވަނީ ސުމޭކް މުޖުތަމައަކާ ދިމާއަށް މިދިޔަ ދިހަ އަހަރުގެ ތެރޭގައި މިސްރާބު ޖަހާފައެވެ. އަދި ކޯވިޑާ ގުޅިގެން ސުމޭކު ވިޔަފާރިއާއި ނަގުދު ފައިސާއާ ނުލައި މުޢާމަލާތު ކުރުން ފަހިވެގެން ގޮސްފައި ވެއެވެ. އިންޑިއާގައި ފައިސާ ފޮނުވުމާއި ލިބިގަތުންފަދަ މުޢާމަލާތު މޮބައިލް މެދުވެރިކޮށް ހިންގަމުން ގެންދާއިރު، އޮފީސްތަކަށް މުހިންމު ޑޮކިއުމެންޓުގެ ފޮޓޯ ކޮޕީ ހިފައިގެން ދާކަށެއް ނުޖެހެއެވެ. އިންޑިއާގައި ބޭނުން ކުރާ ކާކުކަން އަންގައިދޭ ކާޑަކީ އާދާރް ކާޑެވެ. މިއީ ޕްލާސްޓިކް ކާޑެއް ނޫނެވެ. ނަމަވެސް އޭގެ ފޮޓޯކޮޕީ ތަންތަނަށް ދިނުމުގެ ބަދަލުގައި އޭގެ ނަންބަރު ދިނުމާއި އެބޭނުން ކުރުމަށް ހުއްދަ ދިނުމުން އަނެއް ފަރާތަށް އެ ކާޑްގެ ކޮޕީ ވިއުގައިގެ ތެރޭން ލިބެއެވެ. ހަމައެފަދައިން ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ ގެންދިއުމުގެ ބަދަލުގައި ސަރުކާރުން ދީފައި ހުންނަ ހުރިހައި ޑޮކިއުމެންޓެއް ޑިޖީލޮކާރއަށް ލުމަށްފަހު އެބޭނުންވާ ފަރާތަށް އެޑޮކިއުމެންޓް ބަލާލުމަށް ހުއްދަ ދިނުމުން އެއީ ސައްޙަ ޑޮކިއުމެންޓަކަށް ބެލެވިގެން ދެއެވެ. ފިހާރަތައް ހުޅުވަން ހުއްދައަށް އެދޭއިރު އިމާރާތުގެ ރަޖިސްޓްރީ ދޭކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި އެތަނެއްގެ ޖިއޯ ކޯޑިނޭޝަން ދިނުމުން ޑިޖިޓަލް ޑިވައިސްއަކުން ބެލުމަށްފަހު އެތަނަކަށް މިހާރު ހުއްދަ ދެއެވެ.

ހިއްސާ ކުރައްވާ!