ނަރެންދްރަ މޮދީ ޕޮލެންޑަށް ވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑު ވަޒީރު މިމަހު 21 ވަނަ ދުވަހު ޕޮލެންޑަށް ވަޑައިގަންވާނެއެވެ. ނަރެންދްރަ މޮދީ އެއްދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅަކީ، 1979ގެ ފަހުން ޕޮލެންޑަށް އިންޑިއާގެ ބޮޑު ވަޒީރު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އިންޑިއާއިން ވަނީ ފުރަތަމަ ފަހަރަށް ޔޫރަޕްގެ ޖަމާޢަތަށް ޑިފެންސް އެޓާޗޭއެއްވެސް ޢައްޔަން ކޮށްފައެވެ. އެންމެ ފަހުންވެސް އިންޑއާއިން ޕޮލެންޑަށް ވަޑައިގަތް ބޮޑުވަޒީރަކީ، މޮރާޖީ ދެސާއީއެވެ.

އޭގެ ކުރިން ޖަވާހަރުލާލް ނެހްރޫ އާއި އިންދިރާ ގާންދީ ވެސް ޕޮލެންޑަށް ވަޑައިގަތެވެ.

މޮދީގެ ދަތުރުފުޅުގައި، ޕޮލެންޑްގެ ރައީސް އަންޑްރޭޖް ޑޫޑާ އާއި ބޮޑުވަޒީރު ޑޮނަލްޑް ޓަސްކްއާ އެކު ދެގައުމުގެ ގުޅުމާ ބެހޭ ގޮތުން، މަޝްވަރާތައް ބާއްވާނެ އެވެ.

އެއް ދުވަހުގެ ދަތުރުފުޅުގައި މޮދީ، ވާރްސޯގެ މޮނިއުމެންޓްތަކަށް ޒިޔާރަތް ކުރައްވާނެއެވެ.

ހިއްސާ ކުރައްވާ!