ޑރ. ޔޫނުސް މޮދީއާ ފޯނުން މަޝްވަރާ ކުރައްވައިފި

ބަނގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު މުހައްމަދު ޔޫނުސް އިންޑިއާގެ ބޮޑު ވަޒިރު ނަރެންދްރަ މޮދީއާ ފޯނުން ގުޅުއްވައި މަޝްވަރާތައް ބާއްވަވައިފިއެވެ. މޮދީ ވަނީ އެކްސްގައިކުރެއްވި ޕޯސްޓެއްގައި އެވާހަކަ އާންމު ކުރައްވާފައެވެ. އޭނާ  ވިދާޅުވީ ދެބޭފުޅުންގެ މަޝްވަރާގައި ބަނގްލަދޭޝްގެ އެތެރޭގެ ޙާލަތާ މެދު ވާހަކަ ދެކެވުނު ކަމަށާއި އަދި ބަނގްލަދޭޝްގެ ބައިމަދު ދަރިކޮޅުގެ މީހުންގެ ހެވާއި ލާބައާއި ރައްކާތެރިކަމަށް ވަގުތީ ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވި ކަމަށެވެ.

ހިއްސާ ކުރައްވާ!