ޔަހޫދީ މަސްއޫލުވެރިން މަރާލަފާނެތީ ބިރުން ފިލަނީ

ޔަހޫދީ މަސްއޫލުވެރިން ނައްތާލުމަށް ޙިޒުބުﷲ އިން މަސައްކަތް ކޮށްފާނެ ކަމަށް ޒަޔަނިސްޓު ދައުލަތުގެ އެތެރޭގެ ސަލާމަތާ ބެހޭ އިދާރާ ޝާބާކުން އިންޒާރު ދިނުމުން، ވެރިންގެ މެދުގައި ނުތަނަވަސްކަމެއް ވެރި ވެއްޖެއެވެ.

އެ އިދާރާއިން ބުނެފައި ވަނީ ޙަމާސްއާއި ޙިޒުބުﷲގެ ލީޑަރުންތަކެއް ޝަހީދުކޮށްފައި ވުމުން، އިޒްރޭލުގެ ވަޒީރުންނާއި މަސްއޫލުވެރިންނާއި އަދި ކުރީގެ ވެރިން ނައްތާލުމަށް ޙިޒުބުﷲ އިން މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަމަށް ސަމާލުވެ އެންމެން ފިލައި ތިބުމަށެވެ.

ޝާބާކުން ވަނީ އިޒްރޭލުގެ ވެރިންގެ ސަލާމަތަށް އިތުރު ފިޔަވަޅުތައް އަޅަން ފަށާފައެވެ. މިހާރުވެސް އިޒްރޭލުގެ ވެރިން ރޭކުރަނީ ބިންގަރާސްތަކުގައެވެ. އަދި އެމީހުން މޮބައިލް ފޯނުވެސް ބޭނުމެއް ނުކުރެއެވެ.

ޝާބާކުން ޔަހުދީ ވެރިންގެ މެދުގައި ބިރުވެރިކަން އުފެއްދީ ޤައިސަރިއްޔާގައި ހުންނަ ނަތަންޔާހޫގެ ގޭގެ ފޮޓޯތައް ޑްރޯނެއް ފޮނުވައިގެން ނެގުމަށްފަހު ޙިޒުބުﷲ އިން އެ ފޮޓޯތައް ދުރަށް ދެއްކުމުންނެވެ. ޙިޒުބުﷲ ފޮނުވި ޑްރޯނަކީ، ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯނަކަށް ވެފައި ޒަޔަނިސްޓުންގެ ރޭޑާތަކުން އެ ޑްރޯން ހޯދައި ނުގަނެވުމުން ނުތަވަސްކަން އިތުރު ވެފައި ވެއެވެ.

ހިއްސާ ކުރައްވާ!