ޣައްޒާގެ ހަމަލަތައް ހުއްޓާލިއަސް އީރާނުން އިޒްރޭލަށް އަދަބު ދޭނެ

ޣައްޒާގެ ހަމަލަތއް ހުއްޓާލުމަށް އިޒްރޭލުގެ އެއްވެސް ނިޔަތެއް ނެތްކަން ހާމަވެއްޖެކަމުގައި އީރާނުން ބުނެއެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި ޣައްޒާގައި ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމާއި އިޒްރޭލުގެ ޓެރަރިސްޓް ޙަމަލައަށް ބަދަލު ހިފުމަށް، އީރާނުން ދޭ އަދަބަކާއި އެއްވެސް ގުޅުމެއް ނުވާ ކަމުގައެވެ.

އީރާނުން ދެކޭ ގޮތުގައި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރެއްވި އިސްމާޢީލް ހަނިއްޔާ އީރާނުގެ މެހުމާނެއްގެ ގޮތުގައި ހުންނަވަނިކޮށް، ޝަހީދުކޮށްލުމުގެ ބަދަލު ހިފުމުގެ ޙައްޤު އީރާނަށް ލިބިގެންވާ ކަމަށެވެ.

“ހަނގުރާމަ ހުއްޓާލުމަކީ ބައިނަލްއަޤްވާމީ ޑިމާންޑެއް، ދިހަ މަހަށް ވުރެ ގިނަ ދުވަހަށް ދެމިގެންދާ ޙަމަލަތައް ހުއްޓާލަން ޖެހޭ، އަދި މި މަޝްވަރާތައް ކުރިއަށް ގެންދަނީ ދުނިޔޭން އެކަމަށް ބާރު އެޅުމާއި، ފަލަސްތީނުން އެކަމަށް އެދުމުގެ ތެރޭން ލައިގެން،” ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އީރާނުގެ ޚާރިޖިއްޔާގެ ތަރުޖުމާން ނާސިރު ކަނާނީ ވިދާޅުވި އެވެ. ޣައްޒާގެ ހަމަލަތައް ހުއްޓުވުމަށް އެންމެ ބޮޑަށް ބާރުއަޅާ ބައިނަލްއަޤްވާމީ ސަޕޯޓަރަކީ އީރާން ކަމަށް ވިދާޅުވެ، މިކަމުގައި އެހެން ޤައުމުތަކުން ކުރާ މަސައްކަތަށް ތެހެރާނުން އެއްބާރުލުން ދެމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ. “އެކަމަކު މި މައްސަލައަކީ އީރާނަށް އުދުވާނީ ޙަމަލައެއް ދިން ފަރާތަށް ރައްދު ދިނުމުގެ ޝަރުއީ ޙއްޤާއި ގުޅުމެއް ނެތް މައްސަލައެއް،” ކަނާނީ ފާހަގަކުރެއްވި އެވެ.

ހިއްސާ ކުރައްވާ!