މިއަދު ހެނދުނު 12 މީހުންގެ ޤަތުލުއާންމެއް ހިންގައިފި

ފަލަސްތީނުގެ ނިއުސް އެންޑް އިންފޮމޭޝަން އެޖެންސީ (ވަފާ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި، ޚާން ޔޫނިސްގެ އިރުމަތީގައި އަދި ނުޞެއިރާތު ކޭމްޕް ސަރަހައްދުގައި ޔަހޫދުން ދިން ޙަމަލާތަކުގައި 12 މީހުންގެ ޤަތުލުއާންމެއް ހިންގާފައި ވެއެވެ. އޭގެ ތެރޭގައި ދެ ކުޑަކުއްޖަކާއި އަންހެނަކު ހިމެނެއެވެ. އަދި އެ އިދާރާއިން ބުނީ މިޙަމަލާތަކުގައި މަދުވެގެން 15 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހަށްފަހު ޒަޔަނިސްޓުން ޣައްޒާގައި ނަސްލު ނައްތާލުމުގެ މަސައްކަތް ފެށިފަހުން، މިހާތަނަށް 40،265 މީހުން ޝަހީދުކޮށްފައި ވެއެވެ. އަދި 93،144 ޒަޚަމް ކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!