ޖަރުމަންގައި ވަޅިން ޙަމަލަދީ 3 މީހަކު މަރާލައިފި

ޖަރުމަނުގެ ހުޅަނގުގެ ސޮލިންގޭން ސިޓީގައި ހުކުރު ދުވަހުގެ ހަވީރު ބޭއްވި ފެސްޓިވަލެއްގައި ވަޅިން ޙަމަލާދީ ތިން މީހަކު މަރާލައިފިއެވެ. އަދި ހަތަރު މީހަކަށް ސީރިއަސް ޒަޚަމްތަކެއް ދީފިއެވެ.

މި ޙަމަލަ ދިން މީހާ ވަނީ ފިލާފައެވެ. ޑުސެލްޑޯފް ޕޮލިސްގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ފުލުހުން ދަނީ ޝައްކު ކުރެވޭ މީހާ ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. ނޯތު ރައިން-ވެސްޓްފާލިއާ ސްޓޭޓްގައި މި ސިޓީ އުފެދުނުތާ 650 އަހަރު ފުރުމުގެ މުނާސަބަތުގެ އިޙުތިފާލުގައި ދިން މި ހަމަލާއާ ގުޅިގެން ބޮޑު ސަރަހައްދެއް ވަނީ ބަންދުކޮށްފައެވެ. ޖަރުމަނުގައި އެންމެ އާބާދީ ބޮޑު ސްޓޭޓަކީ ނެދަލެންޑްސްއާ އިންވެގެން އޮންނަ މި ސްޓޭޓެވެ.

ހިއްސާ ކުރައްވާ!