ޙަމާސްއިން 7 އޮކްޓޯބަރުގެ ޙަމަލާ ތަކުރާރު ކުރުމަސް ފަސް ނުޖެހޭނެ

ފަލަސްޠީނުގެ މިނިވަންކަން ހޯދުމަށް 7 އޮކްޓޯބަރުގައި ދިން ފަދަ ހަމަލައެއް އަދިވެސް ފަށް ކުރުމަކީ ޙަމާސްއިން ކުރާނެ ކަމެއް ކަމުގައި، ޙަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މަސްއޫލުވެރިޔާ ޣާޒީ ޙައްމާދު ވިދާޅުވެއެވެ. އޭނާ ވިދާޅުވީ 7 އޮކްޓޯބަރުގެ ޙަމަލައިން އެތައް ފައިދާއެއް ކޮށްފައިވާ ކަމަށެވެ. އެއިން އެއް ފައިދާއަކީ ފަލަސްޠީނުގެ މައްސަލަ ވަޅު ޖެހިފައި ވަނިކޮށް، މީހުންގެ ތަޞައްވުރަށް އަލުން އެމައްސަލަ ގެނަސް ދިން ކަމެވެ. އަދި ޒަޔަނިސްޓު ޔަހޫދުންނާ ގުޅުން ބަދަހި ކުރުމަށް ޢަރަބިން (ސަޢޫދީން) ކުރަމުން ގެންދިޔަ މަސައްކަތް ހުއްޓުމަކަށް ގެނައުމެވެ.

ހައްމާދު މި ވާހަކަ ވިދާޅުވެފައި ވަނީ ފަލަސްތީނަށް ތާއީދުކުރާ އެންޖީއޯ އެއް ކަމަށްވާ މަސްރު ބަދީލް އާއެކު ރޭޑިއޯގައި ވާހަކަ ދައްކަމުންނެވެ. މި އިންޓަރވިއު މިޑްލްއީސްޓް މީޑިއާ ރިސާޗް އިންސްޓިޓިއުޓުން ހުކުރު ދުވަހު ޝާއިއު ކުރުމުން ފަލަސްޠީނުގެ މީހުންގެ ޢަޒުމު އަދިވެސް ބަލި ނުކުރެވޭ ކަން އިޒްރޭލަށް ވަނީ ހާމަވެގެން ގޮސްފައެވެ.

ޙައްމާދު ވިދާޅުވީ ޙަމާސް އިން އަދިވެސް އޮކްޓޯބަރު ހަތް ވަނަ ދުވަސް “ތަކުރާރުކޮށް” ތަކުރާރު ކުރާނެ ކަމަށެވެ. އަދި އޭނާ ވަނީ ޒަޔަނިސްޓު ޔަހޫދުން ހިފައިގެން ތިބި ފަލަސްޠީނުގެ ބިމުގެ ސަރަޙައްދުގެ ކަށިނަރުތައް ފޫއަޅުވާލައި، އެތަނަށް ވަދެ ފަލަސްޠީނު މީހުން ދިން ޙަމަލައަށް ތަޢުރީފު ކުރައްވާފައެވެ.

އޮކްޓޯބަރު 7 އަކީ ޔަހޫދީން ސިއްސުވާލި ދުވަހެކެވެ. މި ހާދިސާ އަކީ މިސްރުން ޒަޔަނިސްޓުން ގިއްގަޅުވާލި ޙަމަލައަށް 50 އަހަރު ފުރި އެއްދުވަސްވީ ތަނާ ދިން ޙަމަލައެކެވެ. މި ޙަމަލާގެ ސަބަބުން މުޅި ދުނިޔެއަށް ޔަހޫދުންގެ ނުލަފާކަން ފެނިގެން ހިނގައްޖެއެވެ.

ހިއްސާ ކުރައްވާ!