ޙިޒުބުﷲ އިން އިޒްރޭލުގެ ފުނަށް ދިން ޙަމަލަ ކާމިޔާބު ކޮށްފި

ޙިޒްބުﷲ އިން އިޒްރޭލުގެ ފުނަށް ދިން ޙަމަލާގެ ތަފްޞީލު ހާމަކޮށްފިއެވެ. ޙިޒުބުﷲ އިން ދީފައިވާ ޙަމަލަ ޚާއްޞަ ކޮށްފައި ވަނީ، ތެލްއަވީވް ކައިރީގައި އޮންނަ އަސްކަރީ މަރުކަޒަކަށެވެ.

ޙިޒުބުﷲގެ ލީޑަރު ޙަސަން ނަޞްރަﷲ ވިދާޅުވީ، އިޒްރޭލަށް ދީފައިވާ ޙަމަލައަކީ އިޒްރޭލު ސިފައިން ލުބުނާނަށް ޙަމަލަ ދިނުމުގެ ބައިގަޑި އިރު ކުރިން ފެށި ޙަމަލައެއް ކަމަށެވެ. އަދި ޔަހޫދުން ދިން ވައިގެ ޙަމަލާގައި ޙިޒްބުﷲގެ އެއްވެސް ރޮކެޓް މަރުކަޒަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް ބުނެއެވެ.

މި ޙަމަލާގެ މުހިންމު ކަމަކީ މިއީ އިޒްރޭލުގެ ފުނުގައި ހިމެނޭ، އަދި ލުބުނާންގެ ސަރަހައްދާ ދުރުގައި އޮންނަ ތަނަކަށްދީފައިވާ ޙަމަލައަކަށް ވާތީއެވެ. ލުބުނާންގެ ބޯޑަރާއި 110 ކިލޯމީޓަރު ދުރުގައި އޮންނަ ސިފައިންގެ މަރުކަޒަކަށް ޙިޒުބުﷲ އިން ހަމަލަ ދިނުމުން ހާމަވަނީ އިޒްރޭލުގެ ފުނަށް ޙަމަލަ ދިނުމުގައި އެ ޖަމާޢަތު ކާމިޔާބު ވާކަމަށެވެ.

ޙިޒުބުﷲއިން ބުނީ ޙަމަލަ އަމާޒުކޮށްފައި ވަނީ ތެލްއަވީވް ކައިރީގައި އޮންނަ ޖަލީލޫތު އަވަށުގެ އަސްކަރީ މަޒުކަޒަކަށެވެ. މިމަރުކަޒުގައި މޮސާޑުންވެސް އޮޕަރޭޓު ކުރެއެވެ. ލުބުނާނަށް ދޭ ގިނަ ޙަމަލަތައް އައިސްފައި ވަނީ މި މަރުކަޒުންނެވެ.

ޙިޒުބުﷲ އިން ކަށަވަރުކޮށްދޭ ގޮތުގައި ޔަހޫދުންނަށް ދިން ޙަމަލާ ކާމިޔާބުކަމާއެކު އޭގެ އަމާޒުތަކަށް ވާސިލުވެފައި ވެއެވެ. ޙިޒުބުﷲ އިން ވަނީ 340 ރޮކެޓު ޙަމަލާ 11 ތަނަކަށް އަމާޒު ކޮށްފައެވެ. އަދި ކޮންމެވެސް ވަރަކަށް މި އޮޕަރޭޝަންގައި ޑްރޯންވެސް ބޭނުން ކުރިކަމަށް ބުނެއެވެ.

މި ހަމަލައަށްފަހު، އިޒްރޭލު މީޑިއާއިން ވާހަކަ ފަތުރާފައި ވަނީ ޙިޒުބުﷲގެ ޙަމަލަ ނާކާމިޔާބުކޮށް، އިޒްރޭލުން ކުރިހޯދި ކަމަށް ބުނެ ޚަބަރު ފަތުރަން ފަށާފައެވެ. ޔަހޫދުން ބުނަނީ، ޙިޒުބުﷲ އިން ދިން ހަމަލާ އަމާޒުވީ ކުކުޅު ކޮށްޓަކަށް ކަމަށެވެ. އެހެންނަމަވެސް އިޒްރޭލު މީޑިއާގައި ހާމަކޮށްފައިވާ ފޮޓޯގައި އިޒްރޭލުގެ ހަނގުރާމައިގެ ކެބިނެޓްގެ ބައިވެރިންގެ މޫނުމަތިން ފެންނާން ހުރި ނުތަނަވަސްކަމުން ޙަމަލާ އަމާޒުވީ މާސިންގާ ކުކުޅު ކޮށްޓަކަށް ކަން ހާމަވެއެވެ.

އަދި ޔަހޫދުން ބުނެފައި ވަނީ ޙިޒުބުﷲ އިން ޙަމަލަ ދިނުމުގެ ކުރިން، އިސްވެ ޔަހޫދުން ޙަމަލަދީ ޙިޒުބުﷲގެ އަމާޒުފަތްގަނޑުތައް ހަލާކުކޮށްފައިވާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!