ޢަރަބިން ނޫނަސް ފަލަސްޠީނަށް ހެޔޮ އެދޭ ފަރާތްތައް އެބަތިބި

ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް މަސައްކަތް ކުރާ ޒަޔަނިސްޓު ޔަހޫދީންނަށް ޢަރަބިން ހަތިޔާރު ސަޕްލައިކޮށްދިން ކަމުގައިވިއަސް، ނެމީބިއާއިން އެކަން ނުކުރާނެ ކަމަށް އެޤައުމުން ބުނެފިއެވެ. ޔަހޫދުންނަށް ހަތިޔާރު އުފުލުމުގެ ދަތުރެއްގައި އުޅޭ، އަސްކަރީ މުދާ އުފުލާ އެމްވީ ކެތުރިން ނަމަކަށް ކިޔާ އާގުބޯޓެއް ނެމީބިއާގައި ބަނދަރު ކުރުމަށް ހުއްދަ ނުދޭން އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ނެމީބިއާ ޕޮލިސްގެ އިންސްޕެކްޓަރު ޖެނެރަލް، ލެފްޓިނެންޓް ޖެނެރަލް ޖޯސެފް ޝިކޮންގޯ ވަނީ އާގު ބޯޓު އެމްވީ ކެތުރިން، ނެމީބިއާއަށް ވަނުން މަނާ ކުރައްވާފައެވެ. އެފިޔަވަޅު އެޅުއްވީ، ޔަހޫދުންގެ ނަސްލު ނައްތާލުމުގެ ޙަމަލަތަކަށް، ގޮވާޒާތުގެ އާރުޑީއެކްސް، އެ ބޯޓުން އުފުލާކަމަށް ވެރިރަށް ވިންޑްހޯކްގައި ތިބޭ އޮބްޒާވަރުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

އަދި އެބޯޓުގެ މެނިފެސްޓު އޮގަސްޓް 24 ވަނަ ދުވަހު ހުށަހެޅި އިރު އޭގައި ހުރި ލިޔުންތަކުން ނަސްލު ނައްތާލުމަށް ވާގިވެރިވާ ބާވަތުގެ މުދާ ހުރިކަން ވެސް ވަނީ ޔަޤީން ވެފައެވެ. އެހެންވެ، ނެމީބިއާއިން ވަގުތުން ފިޔަވަޅު އެޅީއެވެ.

ހިއްސާ ކުރައްވާ!