އިސްލާމީ ޖިހާދާއި ޙަމާސްއިން ޔަހޫދުންނާ ހުޅަނގު އައްސޭރީގައި ކުރިމަތިލަނީ

ޔަހޫދުން ހުޅަނގު އައްސޭރިއަށް ދެމުންދާ ޙަމަލަތަކާ ގުޅިގެން އިސްލާމީ ޖިހާދާއި ޙަމާސްގެ ހަނގުރާމަވެރިން ދަނީ ޔަހޫދު ސިފައިންނާ ކުރިމަތިލުންތައް ހިންގައި ޙަމަލަތައް ދެމުންނެވެ. ހުޅަނގު އައްސޭރީގައި ޙަމަލަތައް ދިނުމުގައި އިސްކޮށް އުޅެނީ ޖިހާދުލްއިސްލާމީ ޖަމާޢަތުގެ ގްދުސް ބްރިގޭޑްގެ ޖެނިން ބެޓެލިއަން އިންވެ.

އެ ބެޓޭލިއަނުން އިތުރަށް ބުނީ ހައިފާ، ނާޞިރާ، ނާބްލުސް، އަދި ޖެނިން ކޭމްޕް ކައިރީގައިވާ ސަރަހައްދުތަކުގައި ޒަޔަނިސްޓު ސިފައިނާއި ކުރިމަތިލައި، ވަރުގަދަ ހަމަލަތައް ދެމުންދާ ކަމަށެވެ. ޔަހޫދުން މި ހަމަލާތައް ފަށާފައި ވަނީ ވައިގެ މަގުންނާއި އެއްގަމު މަގުން ހުޅަނގު އައްސޭރިއަށް ޙަމަލަތައް ދިނުމާއެކުގައެވެ. މިއީ 20 އަހަރުގެ ތެރޭގައި ޔަހޫދުން ދިން އެންމެ ފުޅާ ދާއިރާގެ ޙަމަލާތަކެވެ.

ހަމާސް އިން ވެސް ބުނެފައި ވަނީ އެފަރާތުންވެސް ޔަހޫދުންނަށް ވަރުގަދައަށް ރައްދު ދެމުންދާ ކަމަށެވެ. އަދި ޙަމާސްގެ އިސް ތިން އަސްކަރީ ލީޑަރުންވެސް ޔަހޫދުން ޝަހީދުކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.

އަންގާރަ ދުވަހުގެ ފަތިހުން ފެށިގެން، ދޭން ފަށާފައިވާ ޙަމަލާއާއެކު ހުޅަނގު އައްސޭރިން މިހާތަނަށް 10 ހާހެއްހައި މީހުން ޒަޔަނިސްޓު ސިފައިން ވަނީ ހައްޔަރުކޮށްފައެވެ.

ޔަހޫދުން މި ޙަމަލާތައް ދޭއިރު، އެމީހުން ދަނީ، ބުލްޑޯޒަރުތައް ބޭނުން ކޮށްގެން ތަންތަން ސުންނާފަތިކޮށް އިމާރާތްތައް ވައްޓާލަމުންނެވެ. އަދި އެމީހުން ފައިބައިގެން ދަމުން ދަނީ މަގުތައްވެސް ބޭނުން ނުކުރެވޭވަރަށް ހަލާލުކޮށް ބިންގަނޑު ކޮނެލައި ފަސްގަނޑު ޖަހާފައެވެ.

އިސްލާމީ ޖިހާދާއި ޙަމާސްގެ ހަނގުރާމަވެރިން ބުނެފައި ވަނީ އެޖަމާޢަތްތަކުން، ދެމުންދާ ހަމަލަތަކުގައި ޔަހޫދު ސިފައިންނަށް އަމާޒުކޮށް ކާމިޔާބު ކަމާއެކު ސިފައިން ޝިކާރަކޮށްފައިވާނެ ކަމަށެވެ.

 

ހިއްސާ ކުރައްވާ!