ޖަރުމަންވިލާތުގައި އަނެއްކާވެސް ވަޅިން ޙަމަލަ ދީފި

ޖަރުމަންވިލާތުގެ ހުޅަނގުގެ ސިޓީއެއްގައި ބަހެއްގައި ވަޅިން ހަމަލާ ދިނުމުން ހަ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިޙަމަލާ ދީފައި ވަނީ މުސްލިމެއް ނޫނެވެ. އެކަން އެނގެނީ ފުލުހުން ދީފައިވާ ބަޔާންތަކުންނެވެ.

ފުލުހުން ބުނީ އެއީ ޓެރަރިސްޓް ޙަމަލައެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެހަމަލަ ދިން މީނާ ނަފްސާނީ ބައްޔެއްގައި އުޅޭ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައި ވަނީ ޙަމަލަ ދީފައި ވަނީ ޢުމުރުން 32 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އޭނާއަކީ ޖަރުމަން ރަށްވެއްސެއް ކަމަށްވެސް ބުނެފައި ވެއެވެ.

މިޙަމަލަ ދީފައި ވަނީ ކޮލޯން ސިޓީގެ އިރުމަތީގައި ގާތްގަނޑަކަށް 75 ކިލޯމީޓަރު ދުރުގައި އޮންނަ ސީޖެން ސިޓީގައި އޮތް ފެސްޓިވަލަކަށް ދިޔަ ބަހެއްގައެވެ. އެ  ބަހުގައި، ސާޅީހަކަށް މީހުން ތިއްބެވެ.

މި ހާދިސާ ހިނގާފައިވަނީ ޖަރުމަނުގެ ސޮލިންގޭން ސިޓީގައި ވަޅި ޖަހައި ދިން ޙަމަލާގައި ތިން މީހަކު މަރުވެ އަށް މީހަކު ޒަހަމްކޮށްލި ހާދިސާގެ ސީދާ އެއް ހަފްތާ ފަހުންނެވެ.

ހިއްސާ ކުރައްވާ!