މޮދީގެ ޕޮލެންޑްގެ ދަތުރުފުޅުގައި ކަބައްޑި ޑިޕްލޮމެސީ ތަޢާރަފް ކުރެއްވި

އިންޑިއާއިން ވަނީ ކަބައްޑި ޑިޕްލޮމެސީ ތަޢާރަފް ކޮށް، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ފުރަތަމަ ފަހަރަށް ޕޮލެންޑުން ކަބަޑީ ޗެމްޕިއަންޝިޕް ހޯސްޓް ކުރުމަށް ހިތްވަރު ދީފައެވެ. ޕޮލެންޑުން ވަނީ ޖެހިޖެހިގެން ދެ އަހަރު ޔޫރަޕްގެ ކަބައްޑީ ޗެމްޕިއަންކަން ހޯދާފައެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ، ޕޮލެންޑަށް ކުރެއްވި ދަތުރުފުޅުގައި، މަޝްވަރާ ކުރެއްވި އެހެން ދާއިރާތަކުގެ ތެރޭގައި، ޓްރޭޑް، އަދި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި ޑިފެންސާއި ސެކިއުރިޓީ ފްރަންޓްގައި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފައި ވެއެވެ.

ޕޮލެންޑްގެ ބޮޑު ވަޒީރު ޑޮނަލްޑް ޓަސްކް ވަނީ އިންޑިއާގެ އަމިއްލަ ޑިފެންސް އުފެއްދުންތައް ޒަމާނީ ކުރުމުގެ މަސައްކަތުގައި މުހިންމު ބައިވެރިއަކަށް ވުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި ޓެކްނޮލޮޖީގެ ދާއިރާއާއި ދަނޑުވެރިކަން، އަދި ދަތުރުފަތުރާއި މައުދަން ނެގުމާއި، ހަކަތަ، އަދި ތިމާވެށީގެ ދާއިރާތަކުން ވެސް އެއްބާރުލުން އިތުރުކުރުމަށް ޓާސްކްފޯހެއް އެކުލަވާލުމަށްވެސް މަޝްވަރާ ކުރެވިފައި ވެއެވެ.

އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ދެގައުމުގެ އެއްބާރުލުން ހަރުދަނާ ކުރުމުގެ ޝައުޤުވެރިކަންވެސް އިންޑިއާއިން ވަނީ ފާޅުކޮށްފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ބައިނަލްއަގްވާމީ ގާނޫނާ ގުޅޭ އެއްބާރުލުން އިތުރުކޮށް، ދުނިޔޭގެ މިހާރުގެ ގޮންޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފިޔަވަޅުތަކުގައި ގުޅިގެން މަސައްކަތް ކުރުމަކީ ދެ ޤައުމުގެ އަމާޒެއް ކަމަށްވެސް އެއްބސްވެފައިވެއެވެ.

މީގެ އިތުރުން އިންޓަނޭޝަނަލް ސޯލާ އެލަޔަންސް (އައިއެސްއޭ) އާއި ކޯލިޝަން ފޯ ޑިޒާސްޓާ ރެސިލިއަންޓް އިންފްރާސްޓްރަކްޗާ (ސީޑީއާރުއައި) ގެ މެމްބަރުކަން ހޯދުމަށް އިންޑިއާއިން ޕޮލެންޑަށް އެހީތެރިވެ ދިނުމަކީވެސް އިންޑިއާއިން ކޮށްދޭނެ ކަމެއްކަންވެސް ބަޔާން ކޮށްފައި ވެއެވެ.

ބައިނަލްއަޤްވާމީ ނިޒާމު ޑިމޮކްރެޓިކް ކުރުމަށް ކުރެވުނު މަޝްވަރާގެ ދާއިރާއިން، އދގެ ކަނޑުގެ ޤާނޫނުގެ ރޫޙާ އެއްގޮތަށް، މިނިވަން، ހުޅުވިފައިވާ، އަދި ޤަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ އިންޑޯ ޕެސިފިކް ސަރަހައްދަކަށް ދެޤައުމުން އެއްބަސްވާ ކަމަށްވެސް ނިންމާފައި ވެއެވެ.

ހިއްސާ ކުރައްވާ!